
މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޔޫތު މިނިސްޓްރީ އާއި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް ކޮމިޓީ އަށް ހާޒިރުކޮށް އެ ބޭފުޅުން މި ބިލާއި މެދު ހިޔާލު ހުށަހަޅާ އެކަމާއި ގުޅިގެން އޮތް ކަންބޮޑުވުންތައް ފާޅު ކުރުމުގެ ފުރުސަތު ދިނުމަށެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް"ގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ 15ގެ ކުރިން ކޮމިޓީން ނިންމަން ވެސް ވަނީ ފާސްކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް ދެ ހަފުތާގެ މުއްދަތެވެ. އަދި މި ވަގުތު މަޖިލިސް އޮތީ ވެސް ޗުއްޓީގަ އެވެ.
ނޫސްވެރިން ބިލު ބޭރުކުރަން ގޮވާލައި އިހުތިޖާޖުކުރަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުން ބިލު ބަލައިގަންނަން ފާސްކުރީ 49 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 12 މެންބަރުންނެވެ.
މި ބިލްގެ ބަހުސް މަރުހަލާގައި، ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ގޮތުން އެ މީޑިއާގެ މުވައްޒަފުން އުލުބައިންދަން ޖެހޭ ކަމަށް ވެރިކަން ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވުމުން އެތައް ބަޔަކު އެކަމާ ނުރުހުންވެ ފާޑުކިޔަންވެސްވަނީ ފަށައިފަ އެވެ.
ޑިއާތައް ކޮންޓްރޯލްކުރުމަކީ ރައްޔިތުންގެ އަޑު ކަނޑުވާލުން ކަަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކުރިޔަސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބިލު ތަސްދީގު ނުކުރެއްވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ރޭވަނީ އެދިފަ އެވެ.