ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
އޭލެވަލަށް ކިޔަވަން ބޭނުން ހުރިހާ ކުދިންނަށް ޖާގަދެވޭނެ: މިނިސްޓަރު
މިދިޔަ އަހަރު އޯލެވެލް ނިންމި ހުރިހާ ދަރިވަރުންނަށް ސަރުކާރު ސްކޫލްތަކުން އޭލެވަލަށް ޖާގަ ދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

އޭލެވެލަށް ސަރުކާރުން ނޫން ސްކޫލްތަކުން ކިޔަވާ ކުދިންނަށް ދައްކަންޖެހޭ ފީ ސެން ސަރުކާރުން ނުދައްކާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. 

މިކަމާއި ގުޅިގެން މިނިސްޓާރު ޝަފީއު ވިދާޅުވީ އޭ ލެވެލްއަށް ކިޔަވަން ބޭނުންވާ ކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް މިދިޔަ އަހަރު އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން އޭ ލެވެލް ކިޔަވަން ބޭނުންވާ ހުރިހާ ކުދިންނަށް ސަރުކާރު ސްކޫލުތަކުން ޖާގަ ދެވޭނެ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ މާލެ އާއި ހުޅުމާލޭގެ ސީއެޗްއެސްއީން ފުރުސަތު ނުދެވިއްޖެ ނަމަ ޕްރައިވެޓް ސްކޫލުތަކުން އެ ދަރިވަރުންނަށް ޖާގަ ހޯދައި، ފީ ވެސް މިނިސްޓްރީން ދައްކައިދޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް