ads
ދުންފަތް، ސިގެރޭޓް ފޮޓޯ: އިންޑިއާ.ކޮމް
ސިގިރޭޓް ކޭހެއް ގެއްލިގެން ފަސް މިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފި
ހުޅުމާލޭ ފެރީއަށް އެރުވި ކެމަލް ސިގިރޭޓް ކޭހެއް ގެއްލިގެން ކަމަށް ބުނެ، އޭގެ ބަދަލުގައި 5.6 މިލިއަން ރުފިޔާ ހޯދަން މީހަކު ދައުވާކޮށްފިއެވެ.
Advertisement

މާލޭން ހުޅުމާލެއަށް، އެމްޓީސީސީގެ ފެރީއެއްގައި ގެންދިޔަ ކަމަށް ބުނާ ސިގިރޭޓް ކޭސް ގެއްލިގެން، އެ މީހާ ދައުވާ ކުރީ އެމްޓީސީސީން 5.6 މިލިއަން ރުފިޔާ ހޯދާށެވެ.

2017 ވަނަ އަހަރު، ގެއްލުނު ކަމަށް ބުނާ މި ސިގިރޭޓް ކޭހުގެ އަގަކީ 55،000 ރުފިޔާއެވެ. އެކަމަކު އޭނާ އޭގެ ބަދަލުގައި 5.6 މިލިއަން ހޯދަން އެދުނު ނަމަވެސް އެ މައްސަލަ އޭނާއަށްވީ ނާކާމިޔާބެވެ.

މި މައްސަލައިގައި އެމްޓީސީސީއާ ދެކޮޅަށް، ހާދިސާ ހިނގިތާ ހަތް އަހަރު ފަހުން ކުރި ދައުވާގައި އެ މީހާ އެދިފައިވަނީ އޭނާގެ ސިގިރޭޓް ކޭސް ގެއްލިފައިވަނީ އެމްޓީސީސީގެ އިހުމާލުން ކަމަށް ކަނޑައަޅައިދިނުމަށާއި ސިނގިރޭޓް ކޭހުގެ އަގަށްވާ 55،000 ރުފިޔާ އެމްޓީސީސީން ނަގައިދިނުމަށާއި އަދި ވިޔަފާރީގެ އާމްދަނީގެ ގޮތުގައި ނުލިބި ގެއްލުންވެގެން ކަމަށް ބުނެ، 5،559،000 ރުފިޔާ އެމްޓީސީސީން ހޯދުމަށާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 35،000 ރުފިޔާ ހޯދުމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް