ads
ނައިބު ރައީސް ހުސެން މުހައްމަދު ލަތީފު
އުމަރު މަނިކަކީ ޓޫރިޒަމްގެ ބާނީއެއް: ނައިބު ރައީސް
ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ، އަދި ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
Advertisement

ނައިބު ރައީސް ވަނީ މަރުހޫމް އުމަރު މަނިކަކީ ރާއްޖެއަށް ޓޫރިޒަމް ތައާރަފުކުރައްވައި އެކަމުގެ ބިންގާ އެޅުއްވި އެއް ބާނީ ކަމުގައި ސިފަކުރައްވާފައެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، އެމްޔޫ މަނިކު އަވަހާރަވި ހިތާމަވެރި ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކު ކަމަށެވެ. އަދި އޭނާ އަކީ ރާއްޖެއަށް ޓޫރިޒަމް ތައާރަފުކޮށް، އެ ސިނާއަތަށް ގިނަގުނަ ކުރިއެރުންތަކެއް ގެނެސްދެއްވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. ނައިބު ރައީސް ވަނީ މަރުހޫމުގެ އާއިލާއަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވައި، މަރުހޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި ދުއާ ދަންނަވާފައެވެ.

އެމްޔޫ މަނިކު އަވަހާރަވީ އުމުރުފުޅުން 78 އަހަރުގައި، ސިއްސީ ހާލުކޮޅު ދެރަވެ ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ. އޭނާގެ ޖަނާޒާގެ ކަންކަން މިއަދު އަސުރު ނަމާދަށް ފަހު ސިންގަޕޫރުގައި ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. އެމްޔޫ މަނިކު ސަރުކާރުގެ ހިދުމަތާ ގުޅިވަޑައިގަތީ 1971 ވަނަ އަހަރުއެވެ. އަދި 1972 ވަނަ އަހަރު ރާއްޖޭގައި ޓޫރިޒަމްގެ ސިނާއަތް ފެށުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުގެ ތެރޭގައި އޭނާ ހިމެނިވަޑައިގަނެއެވެ.

އެމްޔޫ މަނިކުގެ ޖަނާޒާ ބާއްވަން ނިންމާފައި ވަނީ މިއަދުގެ އަސްރު ނަމާދަށް ފަހު ސިންގަޕޫރުގެ ޕްރަސާރާ އަމަން މިސްކިތުގަ އެވެ. އަދި ޣައިބަށް ކުރާ ކަށުނަމާދު މިއަދުގެ އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ އެވެ،


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް