ads
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބްރޯޑްކޮމް މެމްބަރުން
ބްރޯޑްކޮމާއި އެމްއެމްސީ އުވި، މެމްބަރުންގެ މަގާމު ގެއްލިއްޖެ
އްޔިތުން މަޖިލީހުން އަންގާރަދުވަހު ފާސްކުރި މީޑިއާ ރެގިއުލޭޓް ކުރާ ބިލް މިއަދު ރައީސް މުއިއްު ތަސްދީގުކުރެއްވުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) މެމްބަރުންގެ މަގާމު ގެއްލިއްޖެއެވެ.
Advertisement

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ތަސްދީގުކުރުމުން ދެން އުފެދޭނީ  "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" އެވެ. 

އާ ޤާނޫނު ބުނާގޮތުން  ކޮމިޝަން އެކުލަވައިލައި މެމްބަރުން ކޮމިޝަން އައްޔަންކޮށް އެ މެމްބަރުން ހިންގުމާ ހަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. މި ވަގުތީ ކޮމެޓީ ސިވިސް ސާވިސް ކޮމިޝަނުން އުފެއްދިކަމެއް އަދި ސާފެއް ނުވެއެވެ. 

މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އުވި މެމްބަރުންގެ މަގާމު ގެއްލުނުނަމަވެސް އެ ދެތަނުގައި ތިބި މުވައްޒަފުން އަލަށް އުފައްދާ ކޮމިޝަނުގެ މުވައްޒަފުންގެ ގޮތުގައި ބަދަލުކުރާން ޖެހޭނެކަމަށް ބިލުގައި ހިމަނާފައިވެއެވެ.

your imageމީޑިއާ ކޮންޓްރޯލް ބިލު ދިރާސާކުރާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެމްއެމްސީގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. 

ނޫސްވެރިންގެ ކަންބޮވުން ފާޅުކޮށް އެ ބިލާއި ދެކޮޅަށް އިހްތިޖާޖުކުރަމުން ގެންދަނިކޮށް ސަރުކާރު ހިންގާ ޕީއެންސީގެ ސުޕާ މެޖޯރިޓީ އޮންނަ މަޖިލީހުން މިދިޔަ އަންގާރަދުވަހު ކުއްލި ޖަލްސާއެއް ބާއްވާ އެ ބިލްވަނީ ފާސްކޮށްފައެވެ. ބިލް ފާސްކުރީ ސަރުކާރުގެ 60 މެމްބަރުންގެ ވޯޓާއި އެކުއެވެ. އިދިކޮޅަށް ވޯޓް ދިނީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްއެވެ. ބިލަށް ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ނަން އިއްވާ ތަޅުމުން ބޭރުކުރުމަށް ފަހުއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް