ads
މިއަދު ސޮއި ކުރި އެއްބަސްވުމުގެ ތެރެއިން
މަސްވެރިކަމުން ބެޗްލާސް ޑިގްރީ ހޯދުމުގެ ފުރުސަތެއް
މަސްވެރިކަމުން ބެޗްލާސް ޑިގްރީ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

ބެޗްލާސް ޑިގްރީ އިން ފިޝަރީޒް އެންޑް އެކުއާކަލްޗާ ކޯހުގެ ގެ މަންހަޖު އެކުލަވާލުމަށް ފިޝަރީޒް މިނިސްޓްރީ އާ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. 

މި ޕްރޮގްރާމަކީ ވޯލްޑް ބޭންގެ އެހީގައި މިނިސްޓްރީން ހިންގަމުންދާ ޓްރާންސްފޯމް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ ޕްރޮގްރާމެއްކަމަށް އެމްއެންޔޫއިން ބުނެ އެެވެ

މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ ފިޝަރީޒް އެންޑް އެކުއާކަލްޗާގެ ދާއިރާއިން އެއް އަހަރު ދުވަހުގެ ފައުންޑޭޝަން ޕްރޮގްރާމަކުންކަމަށް އެ ކޮލެޖުން މައުލޫމާތުދެ އެވެ 

އޭގެ ފަހުން، ޑިޕްލޮމާ އަދި ބެޗްލާސް ޑިގްރީ ފުރިހަމަކުރެވޭނެކަމަށް ވެސް އެމްއެންޔޫއިން ވަނީ ފާހަގަކޮށްފައި އެވެ.

މިއީ ތައުލީމާއި ފަންނީ ތަޖުރިބާ އެކުލެވޭ ފުލްޓައިމް ކޯހެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

މި ކޯހުގެ ބައިވެރިންނަށް ރާއްޖެ އަދި ސައުތުވެސްޓް އިންޑިއަން އޯޝަން ރީޖަންގެ ގައުމުތަކުގެ ދަރިވަރުންނަށް ސްކޮލާޝިޕްގެ ފުރުސަތު ލިބިގެންދާނެކަމަށް އެ އިދާރާއިން ފާހަގަ ކުރެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް