ads
ތ. އަތޮޅު މަޑިފުށި
ތ. އަތޮޅަށް ރައީސް ފުރަނީ، މަޑިފުއްޓަށް އުފުރިޔާއާއި ކޮޅުފުށި ދޭން ނިންމައިފި
ތ. އަތޮޅު މަޑިފުށީގެ އިހްތިސާސްގައި އެ އަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
Advertisement

ރައީސްގެ މި ނިންމުން އިއުލާންކުރައްވާފައި މިވަނީ އެ އަތޮޅަށް އެމަނިކުފާނު ދަތުރެއްކުރަވަން ނިންމަވާފައިވާ ދަނޑިވަޅެެއްގައެވެ. 

ރައީސް އޮފީހުން ބުނީ ކޮޅުމަޑުލު މަޑިފުށީގެ އިހްތިސާސްގައި ހިމެނޭ ރަށްތަކުގެ ގޮތުގައި، އެއަތޮޅު އުފުރިޔާއާއި ކޮޅުފުށި ކަނޑައަޅައިދެއްވުމަށް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، މަޑިފުށީގެ އިހްތިސާސްގައި ތ. އުފުރިޔާއާއި ތ. ކޮޅުފުށި ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމަވައިފިކަމަށެވެ.

" އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި، ނަންބަރު 24/2025 ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުންނެވެ." ރައީސް އޮފީހުން ބުނެއެވެ.

ރައީސް ތ އަތޮޅާއި ފ އަތޮޅަށް ކުރައްވާ ދަތުރުފުޅުކަށް އެ ރަށްރަށުން އަންނަނީ ތައްޔާރުވަމުންނެވެ. އެނގިފައިވާ ގޮތުގައި މި ދަތުރުފުޅުގައި އެމަނިކުފާނު ފުރާވަޑައިގަންނަވާނީ މާދަމާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް