2018 ވަނަ އަހަރު ހިނގި މި ހާދިސާގައި ރޭޕްކޮށްފައިވަނީ 17 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ރޭޕް ކުރި މީހުން އޭރުއްސުރެ ތިބީވެސް ބަންދުކޮށްފައެވެ.
އެ މައްސަލަ ނިމުނީ މިދިޔަ ހަފްތާގައެވެ. އާއްމުކޮށް ހުޅުވައި ނުލައި ކުރިއަށް ގެންދިޔަ މި މައްސަލައިގައި މިދިޔަ ހަފްތާގައި ނިންމީ ދެ މީހުން 20 އަހަރަށް ޖަލަށްލާށެވެ.
ރިކޯޑްތައް ދައްކާ ގޮތުން މި ކޭސްގައި އުމުރުން 18 އަހަރު ނުވާ ފިރިހެން ކުއްޖަކުވެސް ހިމެނެއެވެ. އެކަމަކު އެ ކުއްޖާއާ ދެކޮޅަށް މި މައްސަލައިގައި ދައުވާ ކުރި ކަމެއް އެނގިފައެއް ނުވެއެވެ.