އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އަބްދުލް ބާތިން މުހައްމަދު ކިޔާ މީހެކެވެ.
ފުލުހުން ބުނީ މެލޭޝިއާ ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ބާތިން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ދިވެހިން ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެކަމަކު އޭނާއާ ގުޅިގެން މެލޭޝިއާގެ ފުލުހުން ތަހުގީގުކުރަމުންދަނީ ސީދާ ކޮން މައްސަލައެއް ކަމެއް ސާފެއް ނޫނެވެ.
މީގެއިތުރުން ބާތިންގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.