ads
ހޫތީ ޖަމާއަތުގެ ބޮޑުވަޒީރު އަހްމަދު އާލިބް ނާސިރު އަލް ރަހަވީ
އިސްރާއީލުން ދިން ހަމަލާއެއްގައި ހޫތީންގެ ބޮޑު ވަޒީރު އަވަހާރަކޮށްލައިފި
މިދިޔަ ބުރާސްފަތި ދުވަހު ޔަމަނުގެ ވެރިރަށް ސަނާއަށް އަމާޒުކޮށް ދެވުނު ހަމަލާއެއްގައި، ހޫތީ ޖަމާއަތުގެ ބޮޑުވަޒީރު އަހްމަދު އާލިބް ނާސިރު އަލް ރަހަވީއާއި އެހެނިހެން އިސް އޮފިޝަލުން ޝަހީދުކޮށްލާފައިވާ ކަމަށް އެ ޖަމާއަތުން އިއްޔެ ނެރުނު ބަޔާނެއްގައި ހާމަކޮށްފި އެވެ.
Advertisement

ހޫތީންގެ އެންމެ މަތީ ސިޔާސީ މަޖިލީހުގެ ރައީސް އަދި އަސްކަރީ އޮފިސަރު މަހުދީ އަލް މަޝާތު، އާންމުކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މީގެ ބަދަލު ހިފާނެ ކަމަށާއި ނަސްރު ހޯދާނެ ކަމަށެއެވެ.

ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އަލް ރަހަވީއަށް އިސްރާއީލުން ހަމަލާ އަމާޒުކުރީ، ހޫތީ ޖަމާއަތުގެ ބެލުމުގެ ދަށުން ހިންގާ ސަރުކާރުގެ އެހެން މެންބަރުންނާއެކު ވޯކްޝޮޕެއްގައި ބައިވެރިވެވަޑައިގަންނަވަނިކޮށެވެ. އިސްރާއީލުގެ މި ހަމަލާގައި ޝަހީދުވި އެހެނިހެން އޮފިޝަލުންގެ އަދަދު ޖަމާއަތުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ހޫތީންގެ ނުފޫޒު ހިނގާ ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ބޮޑުވަޒީރުކަމުގެ މަގާމަށް އަލް ރަހަވީ އައްޔަންކުރެވިފައިވަނީ މިދިޔަދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.

"އަޅުގަނޑުމެން ބަދަލު ހިފާނަން، އަދި ކާމިޔާބު ހޯދާނަން،" ހޫތީންގެ އެންމެ މަތީ ސިޔާސީ މަޖިލީހުގެ ރައީސްގެ މަގާމު އަދާކުރައްވާ އަދި އަސްކަރީ އޮފިސަރު މަހުދީ އަލް މަޝާތު އާންމުކުރި ވީޑިއޯ މެސެޖެއްގައި ބުންޏެވެ.

އައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން، ހޫތީ ޖަމާއަތުން ވަނީ ރަތް ކަނޑާއި ކަނޑާއި އަދަން ކަނޑުބޮޑުގައި އިސްރާއީލާއި ހުޅަނގުގެ އުޅަނދުފަހަރަށް ހަމަލާތަކެއް ދީފަ އެވެ. މިކަމުގެ ރައްދުގައި، އިސްރާއީލުން ވަނީ ފާއިތުވި މަސްތަކުގައި ތަކުރާރުކޮށް ހޫތީންނަށް ހަމަލާތައް އަމާޒުކޮށްފަ އެވެ.

ޔަމަނުގައި 2014 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކުގައި ޔަމަނުގެ މުހިންމު ސަރަހައްދުތަކުގެ ކޮންޓްރޯލް ހޯދާފައިވަނީ ހޫތީންނެވެ.


50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް