ads
40 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައްޔިތުންގެ އިހުތިރާމް ހޯދުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރަންވާނެ: ސީޕީ
ރައްޔިތުންގެ އިޙްތިރާމް ހޯދުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރަންވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާލް ނަވީން ވިދާޅުވެއްޖެ އެވެ.
Advertisement

ސީޕީ މިހެން ވިދާޅުވެފައިވަނީ 40 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 

ސީޕީ ވިދާޅުވީ ފުލުހުންގެ ޔުނީފޯމަކީ މަސްއޫލިއްޔަތާއި ޒިންމާތަކާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާންކަމަށާއި ފުލުހުންގެ އަސާސީ ތަމްރީން ކޯހުން ދަސްވެނިވުމަކީ މި ދަތުރުގެ ފެށުންކަމަށެވެ. 

ނަވީން ފާހަގަ ކުރެއްވި ގޮތުގައި ފުލުހުންނަކީ އަބަދުވެސް ގާނޫނުތަކާއި ގަވައިދުތަކަށް ބޯލަނބާ ބަޔަކަށް ވާންޖެހޭނެކަމަށާއި ރައްޔިތުންގެ އިޙްތިރާމް ހޯދުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރަންވާނެކަމަށާއި، އިންސާފުވެރިކަމާއި ލޯތްބާއިއެކު ހިދުމަތްކުރަންވާނެކަމަށެވެ. 

"ރައްޔިތުންގެ ގާތްކަމާއި އިތުބާރު ހޯދުމަށް އަބަދުވެސް މަސައްކަތް ކުރަން ވާނެ. ކެތްތެރިކަމާއެކު މުއާމަލާތުކޮށް، އިންސާފުވެރިކަމުގެ މުހިންމުކަން ދެނެގަންނަންވާނެ. މުޖުތަމައުއަށް އަމާޒުކުރެވިފައިވާ މައިގަނޑު އެއް އަސާސް، ގަޑިއަށް ފަރުވާތެރިވުމާއި ގާނޫނަށް ބޯލެނބުމަކީ ދިވެހި ފުލުހުންގެ ސިފަ ދައްކުވައިދޭ ކަންތައްތައް" ސީޕީން އިސްމާއިލް ނަވީން 

ނަވީން ވަނީ ރަސްމިއްޔާތުގައި ދަސްވެނިވި ފުލުހުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި، ދަސްވެނިވި ފުލުހުންނަށް މަރުހަބާ ދަންނަވާފަ އެވެ.

ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުގައި 138 ދަރިވަރުން ބައިވެރިވިއިރު ކޯސް ނިންމާފައިވަނީ 116 ބައިވެރިންނެވެ. އަދި ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ ސާޖަންޓް މުހައްމަދު އަރުޝަދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް