ads
ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ދ. ވާނީގައި ކުރިއަށް ގެންދިޔަ ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
Advertisement

ދ. ވާނީގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އިސްވެރިންނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން ގައުމުތަކުގެ ސަފީރުންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން އިއްޒަތްތެރިން އަދި ދަސްވެނިވި ފުލުހުންގެ އާއިލާތަކުން ބައިވެރިވެލެއްވި އެވެ.

މި ރަސްމިއްޔާތުގައި، ކޯހުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ މިނިސްޓަރު އަލީ އިހްސާން އާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ.

މި އަހަރުގެ އޭޕްރީލް 20 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ 40 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ސާޖަންޓް މުހައްމަދު އަރުޝަ ދުއެވެ.

your imageފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގެ ތެރެއިން 

ކޮމިޝަނަރ އޮފް ޕޮލިސް އެކްސެލެންސް އެވޯޑު މި ދަރިވަރަށް ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެވެ. ކޯހުން ދެވަނަ ދަރިވަރަކަށް ސާޖަންޓް އާދަމް ނަސީމް ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް މުޙައްމަދު އަޔާން އަލީއެވެ. 

އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ކޮންސްޓަބަލް އައިޝަތު ހަމްޒާ ނިޔާޒް ހޮވިފައިވާއިރު ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް ޒިނާން އަހުމަދު ރަޝީދު އެވެ. ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް އަހުމަދު އަތޫފް މުހައްމަދު ހާލިދު އެވެ. 

ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުގެ ސްކޮޑްތަކުން އެންމެ މޮޅު ދަރިވަރުން ހޮވާފައިވެއެވެ. އެގޮތުން އައިނެއްލާ ސްކޮޑުން އެންމެ މޮޅު ދަރިވަރަށް ހޮވުނީ ސާޖަންޓް އާދަމް ނަސީމްއެވެ. ދެވަނަ ދަރިވަރަކަށް ކޮންސްޓަބަލް އައިޝަތު ހަމްޒާ ނިޔާޒް ހޮވުނުއިރު ތިން ވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ޒިނާން އަޙްމަދު ރަޝީދުއެވެ. ބީފާން ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް އަޙްމަދު އަތޫފް މުހައްމަދު ހާލިދު ހޮވުނުއިރު ދެވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އަޙްމަދު ސަފާހު އެވެ. ތިންވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް މޫސާ ނަޒީރު އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް