ads
މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ދެކޮޅަށް ނޫސްވެރިން މުޒާހަރާކުރަނީ ފޮޓޯ: މިލްޒީރޯ ނިޝާން
ނޫސްވެރިން އެކްރެޑިޓްކުރަން ބްރޯޑްކޮމުން އާ އުސޫލެއް އެކުލަވާލައިފި
ނޫސްވެރިން އެކްރެޑިޓްކުރުމާ ބެހޭ އުސޫލެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެކުލަވާލައިފި އެވެ.
Advertisement

މި އުސޫލުގެ މައިގަނޑު މަގްސަދަކީ، ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަކީ ތަމްރީނު ލިބިފައިވާ ފަރާތްތަކެއްކަން ކަށަވަރުކޮށް، ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެވެ.

އޭގެ ތެރޭގައި، ނޫސްވެރިންގެ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ބާރުއެޅުމާއި، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާ ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން، ނޫސްވެރިންގެ ދަފްތަރެއް އެކުލަވައިލުމާއި، ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް ފާސް ދޫކުރުން ވެސް މި އުސޫލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އުސޫލުގެ ދަށުން "ޕްރެސް ފާސް" ދޫކުރާނެ ފަރާތްތައް

  • އެޑިޓަރުން
  • ރިޕޯޓަރުން / ޖާނަލިސްޓުން
  • ޕްރެޒެންޓަރުން
  • ލިޔުންތެރިން
  • ކޮލަމިސްޓުން
  • ފޮޓޯ ޖާނަލިސްޓުން / ފޮޓޯގްރާފަރުން
  • ވީޑިއޯ ޖާނަލިސްޓުން / ވީޑިއޯގްރާފަރުން

އުސޫލުގެ ދަށުން އެކްރެޑިޓްކުރާ މީހުންނަކީ ބްރޯޑްކާސްޓިން އަދި ކޮމިއުނިކޭޝަން ދާއިރާ އާއި މި ދެ ދާއިރާއާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ލެވެލް ތިނެއް ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހެ އެވެ.

މި އުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އުސޫލު ޝާއިއުކުރާތާ ހަ މަސް ދުވަސް ފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް