އިންޑިއާގެ އެތެރޭގެ މާކެޓުން މި ފިލްމަށް ގާތްގަނޑަކަށް 20 މިލިއަން ރުޕީސް ލިބިފައިވާއިރު، ބޭރު ގައުމުތަކުން ލިބުނު ހަތް މިލިއަން ރުޕީސްއާ އެކު، ދުނިޔޭގެ ޖުމްލަ އާމްދަނީ ވަނީ އެންމެ ދެ ދުވަހުގެ ތެރޭގައި 26 މިލިއަން ރުޕީސް އާ ގާތް ކޮށްފަ އެވެ.
"ޕަރަމް ސުންދަރީ" ވަނީ އޭގެ ވާދަވެރި ފިލްމުތަކަށްވުރެ މަތީ އާމްދަނީއެއް ހޯދައި، ރަނގަޅު ނަތީޖާއެއް ދައްކުވައިދީފަ އެވެ.
މިއީ މި ފިލްމާ މެދު ރައްޔިތުންގެ މެދުގައި އޮތް ޝައުގުވެރިކަން އިތުރުވަމުންދާކަމުގެ ހެއްކެއް ކަމަށާއި މި އަހަރުގެ އެންމެ މަތީ އާމްދަނީ ހޯދި ފިލްމުތަކާ އަޅާބަލާއިރު އަދި ދުރުގައި އޮތް ނަމަވެސް، މިހާރުގެ ހަލުވިމިނުން ބަލާއިރު މި ފިލްމުގެ ކުރިމަގު ވަރަށް އުޖާލާކަން ފާހަގަކުރެވޭ ކަމަށް އިންޑިއާގެ ރިޕޯޓް ތަކުން ބުނެ އެވެ.