ފުލުހުން ބުނީ ބައްޕައަށް ވަޅިން ހަމަލާދިން ދަރިފުޅަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށެވެ.
ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ އުމުރުން 26 އަހަރުގެ ފިރިހެން ދަރިފުޅު ހަަލާދީފައިވަނީ އޭނާގެ، އުމުރުން 60 އަހަރުން މައްޗަށް ގޮސްފައިވާ ބައްޕައަށެވެ. ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓް ލިބުނީ 10:30 ހާއިރުކަމަށެވެ.
އަނިޔާވި މީހާ އަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ ޒަހަމްވި މީހާގެ ހާލު ސީރިއަސް ނޫންކަމަށެވެ. މި ހަމަލާގެ ސަބަބުން އެމީހާގެ ބަނޑާއި އަތް ޒަހަމް ވެފައިވާކަން ވަނީ އެނިގަފައެވެ.
ބައްޕަ އަށް ހަމަލާދިން ދަރިފުޅު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެެެއެވެ.