ads
ވަޅިން ހަމަލާދިނުމުގެ ސަބަބުން މަރުވި ލ. މާވަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމް
މޫސަގެ މައްޗަށް މާރާމާރީއާ ބިރުދެއްކުމުގެ ދައުވާތައް، އަނބުރާ ނަގައިފި
ވަޅިން ހަމަލާދީ މަރާލި، ލ. މާވަށު ނަލަހިޔާ، މޫސާ އިބްރާހިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތައް އޭނާ މަރުވުމުން އަނބުރާ ނަގައިފިއެވެ.
Advertisement

މިދިޔަ ހޫންމަހުގެ 28 ވަނަދުވަހުގެ ހެނދުނު މޫސައަށް ވަޅިން ހަމަލާދިނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމް އެވެ. އޭނާ ވަނީ މޫސައަށް ހަމަލާދިންކަމަށް ކޯޓުގައި އަމިއްލައަށް އިއުތިރާފުވެފައެވެ. އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މޫސަ މަރާލިއިރު، އޭނާއާ ދެކޮޅަށް މާވަށު ކޯޓުގައި ދައުލަތުން ވަނީ ތިން މައްސަލައެއްގައި ދައުވާ އުފުލާފައެވެ. އޭގެތެރޭގައި ހިމެނެނީ މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދެ ދައުވާއަކާއި، ބިރު ދެއްކުމުގެ ކުށުގެ ދައުވާއެކެވެ.

މި ދައުވާތަކުގެ ތެރެއިން އަނިޔާ ދިނުމުގެ އެއް ދައުވާއަކީ 2021 ވަނަ އަހަރު ލ. މާވަށުގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާކުރި މައްސަލައެކެވެ. އަނެެއް ދައުވާއަކީ 2020 ވަނަ އަހަރު، މާވަށުގައި މީހަކަށް އަނިޔާކުރި މައްސަލައެކެވެ. 

ބިރު ދެއްކުމުގެ ކުށުގެ ދައުވާއަކީ 2020 ވަނަ އަހަރު މީހަކު މަރާލާނެ ކަމަށް ބުނެ މީހަކަށް ބިރު ދެއްކި މައްސަލައެކެވެ. މޫސަ މަރުވިއިރު މި ތިން މައްސަލައިގެ ޝަރީއަތްވެސް އޮތީ ފަށައިފައެވެ. އެހެންނަމަވެސް، އޭނާ މަރުވުމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުގެ މަތިން މައްސަލަތައް މިހާރުވަނީ ނަގާފައެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް