ads
ކުރިން އެކުލަވައިލި މަރު ކޮމިޝަން، ފަހުންވަނީ މެންބަރުން ބަދަލުވެފައި
މަރު ކޮމިޝަނާ ދެކޮޅަށް ހުށަހެޅި މައްސަލަ ފަށަނީ
މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ބަންދުކުރި އަޙުމަދު މުއާޒް (ގަޓު މުއާ)ގެ ފަރާތުން މަރުކޮމިޝަނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި މިއަދަށް ތާވަލުކޮށްފިއެވެ.
Advertisement

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ރަހީނުކޮށް ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތުހުމަތުކޮށް ޝަރީއަށް ނިމެންދެން ބަންދުކުރި މުއާޒްގެ ފަރާތުން މަރު ކޮމިޝަނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެކަމަށް ސިވިލް ކޯޓުން ކުރިން އޮތީ ކަނޑައަޅައިފައެވެ.ހައިކޯޓުގައި މިއަދު އޮތީ އެ ނިންމުމުގެ އިސްތިއުނާފެވެ. ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން މިއަދު އެ މައްސަލަ ފަށާއިރު، ރިޔާސަތުގައި އިންނާނީ އިސްފަނޑިޔާރު މުހައްމަދު ފައިސަލްއެވެ.

މި މައްސަލައިގައި މުއާޒް ހިމެނޭހެން ތިން މީހަކަށް ދައުވާ އުފުލީ މަރު ކޮމިޝަނުން ތަހުގީގުކޮށް ހުށަހެޅި މައްސަލަތަކާއި ގުޅިގެންނެވެ. އޭނާގެ އިތުރުން ދައުވާ ކުރީ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އަހުމަދު އިސްމާއިލް (އަހަނދު)އަށެވެ.

މުއާޒްގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އެހެންނަމަވެސް މި މައްސަލައިގައި އުފުލި ދައުވާތައް މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

އެހެންވެ މި މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ އެމީހުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާތައް ކުރިއަށް ގެންދެވޭ މިންވަރަށް ހެކި ނެތްކަމަށް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް