ރައީސް އެކްސް ގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އަބަދުވެސް ކުރިއަރަމުންދާ، ފެންވަރު މަތި، އަދި އިލްމީ ގޮތުން ފުރިހަމަ މަރުކަޒަކަށް ވެގެން ދިއުމަށް އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން، ގައުމީ ހިދުމަތުގައި ކާމިޔާބު 52 އަހަރު ފުރިހަމަކުރުމާ ގުޅިގެން، ޔުނިވާސިޓީގެ ހީވާގި މުވައްޒަފުންނާއި ދަރިވަރުންނަށް މަރުހަބާ އާއި ތަހުނިޔާ އަރިސްކުރައްވާފައިވެ އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިދުމަތް ރަސްމީކޮށް ފެށިފައިވަނީ 1973 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ އެއް ވަނަ ދުވަހު އެވެ. މިއަދާ ހަމައަށް އައިއިރު، މި މުއައްސަސާއިން ވަނީ ގައުމަށް އެތައް ހިދުމަތްތަކެއް ފޯރުކޮށްދީފަ އެވެ.