ads
ރަައީސް ޗައިނާ އަށް ކުރައްވާ ދަތުރުގެ ތެރެއިން
ރައީސްގެ ޗައިނާ ދަތުރުފުޅުން ދެ ގައުމުގެ ގުޅުން ބަދަހިވާނެ: މިނިސްޓަރު ޒަމީރު
ރައީސްގެ ޗައިނާ ދަތުރުފުޅުން ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި ޗައިނާގެ ރައީސް ވަނީ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރައީސްގެ ދަތުރުފުޅާއެކު ދެގައުމުގެ ރައްޔިތުންނަށްވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ.

ރައީސް މުއިއްޒާއި ޗައިނާގެ ރައީސް ބައްދަލުކުރައްވައި، 2024-2028 އަށް ރާއްޖެއާއި ޗައިނާގެ މެދުގައި ގާއިމުކުރެވޭ "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް" އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފފައި ވާކަމަށް ޒަމީރުވަނީ ފާހަގަ ކުރައްވާފައި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ޗައިނާގެ ރައީސް، ޝީ ޖިންޕިންއާ އިއްޔެ ވަނީ ބައްދަލު ކުރައްވައިފި އެވެ.

ރައީސް ޑރ. މުއިއްޒު ޗައިނާއަށް މި ކުރައްވާ ދަތުރުފުޅަކީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިތުރުން، އެހެނިހެން ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް