ads
މި ސަރުކާރުން އަމީނީމަގުގައި ތާރުއެޅި ބައި ރަނގަޅުކުރަނީ . ފޮޓޯ: ސަން
މި ސަރުކާރުން އަމީނީމަގުގައި ތާރުއެޅި ބައި ނަގާ ރަނގަޅުކުރަން ފަށައިފި
މި ސަރުކާރުން އަމީނީމަގުގައި ތާރުއެޅި ބައިގައި ތާރުގަނޑު އުފުލިފައި ހުރި ތަންތަން ނަގާ ރަނގަޅުކުރަން ފަށައިފިއެވެ.
Advertisement

އަމީނީމަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހަދަން ފެށީ މިދިޔަ އެމްޑީޕީ ސަރުކާރުގައެވެ. އެހެންނަމަވެސް އެ ސަރުކާރު ނިމުނުއިރުވެސް މުޅި މަގުގެ މަސައްކަތް އެއްކޮށް ނިންމިފައެއް ނުވެއެވެ. 

މި ސަރުކާރު ހަވާލުވިއިރު ނުނިމި އޮތީ ފުޑް ކޯޓުން ފެށިގެން އިރުމައްޗަށް، ތޮއްޓާއި ހަމައަށް އޮތް ސަރަހައްދެވެ.

އެހެންކަމުން ވެރިކަން ލިބުމަށްފަހު މި ސަރުކާރުން އެންމެ ފުރަތަމަ ކުރި އެއް މަސައްކަތަކީ އަމީނީމަގު ތާރު އަޅާ ނިންމުމެވެ. އެ މަސައްކަތް ފަށަން ރަސްމިއްޔާތެއްވެސް ބޭއްވިއެވެ. 

އެހެންނަމަވެސް މި ސަރުކާރުން ނިންމި އަމީނީމަގުގެ ސަރަހައްދުގެ ތެރެއިން ބައެއްގެ ތާރުގަޑު އުފުލި އޮތީ ދުއްވާ މީހުނާއި ހިނގާ މީހުންނަށް ނުރައްކާވާ ހާލަތުގައެވެ. މި މައްސަލަ ކުރިމަތިވެފައިވަނީ ދިވެހިރާއްޖޭގެ އަޑާއި ވިޔަފާރިވެރިންގެ މިސްކިތް ހުންނަ ސަރަހައްދުގައެވެ. 

އަމީނީމަގުގެ އެ ސަރަހްދުގެ ތާރުގަނޑު ރަނގަޅުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ރޭ ވަނީ ފަށާފައެވެ. މި މަސައްކަތް މި މަަސް ނިމެންވާއިރަށް ނިންމުމަށް އާރުޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް