މިކަން ކަށަވަރު ކޮށްދެއްވަމުން މިނިސްޓާ އޮފް ލޯކަލް ގަވަރްމަންޓް އާދަމް ޝަރީފް އުމަރު ވިދާޅުވީ އިންޖީނު ހުއްޓިގެން އެ ހދ. ކުޅުދުއްފުށީގެ ފަރަށް އެރި ޑީއެމްއެމްއޭ އެކްސްޕްރެސް 5 ފުންކުރުމުގައި މަސައްކަތް ކުރެއްވި ކުޅުދުއްފުށީގައި މަސައްކަތް ކުރައްވާ އެ މިނިސްޓްރީގެ ހުރިހާ މުވައްޒިފުން އަދި އެހެން ވެސް ބޭފުޅުންނައް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި މިފަދަ ކޮންމެ ކަމަކުންވެސް ފެނިގެންދަނީ ދިވެހިންގެ އެކުވެރިކަމާއި އޮގާތެރިކަމާއި އަޅާލުން ކަމަށެވެ.
މި ބޯޓު ނެރު މައްޗަށް އެރީ، ކުޅުދުއްފުށިން ފެން ބަރު ކޮށްގެން ހއ. ކެލައަށް ދަތުރު ފަށަން އުޅެނިކޮށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އެނގިފައިވާ ގޮތުގައި ބޯޓު ނެރުމައްޗަށް އެރީ ނެރުން ނުކުންނަނިކޮށް އިންޖީނު ހުއްޓިގެންނެވެ.