ފާތިމަތު ހުސެއިން ދަރިފުޅު މުހައްމަދު މުސްތަފާ "ސީއެންއެމް" އާއި ވާހަކަ ދައްކަމުން މިއަދު ބުނީ 2019 އިން ފެށިގެން އޭނާގެ މަންމަ ދަނީ ކެންސަރަށް ފަރުވާ ހޯދަމުންކަމަށާއި 3 އަހަރުވަންދެން އިންޑިޔާގައި ކީމޯ ވެސް ހަދާފައިވާ ކަމަށެވެ.
މުސްތަފާ ބުނި ކޮންމެ 21 ދުވަހަކުން މާލެ އަށް ފަރުވާ އަދި ކީމޯ އަށް އަންނަން ޖެހޭ ކަމަށާއި ކޮންމެ ދަތުރަކަށް މަދުވެގެން 10-12 ހާސް ރުފިޔާ ހަރަދު ކުރަން ޖެހޭ ކަމަށެވެ.
ފާތިމަތު ހުސެއިން
އާސަންދަ އަދި އެންސްޕާއިންވެސް އެކަމަށް ހަމަޖެހިފައިވާ އެހީ ކޮންމެ ފަހަރަކުވެސް ލިބެމުން އަންނަކަމަށާއި ނަމަވެސް ހުރުމާއި ކެއުމުގެ ކަންކަން ކުރަން ޖެހޭނީ އަމިއްލައަށް ކަމުން ވަރަށް ގިނަ ލާރި ހަރަދުވާ ކަމަށް އޭނާ ފާހަގަ ކުރި އެވެ.
ފަންޑް ރައިސިންގް ބާއްވަން ޖެހިފައިމިވަނީ އަނެއްކާ މަންމަގެ ގައިގެ އެކި ތަންތަނުގައި ގޮށްތަކެއް ލާފައި ވުމުން އެ ތަންތަން އޮޕަރޭޝަން ކުރަން ކަމަށާއި ފަންޑް ރައިސިން ބާއްވަން ކައުންސިލްގެ ފަރާތުންވެސް އެއްބާރުލުން ލިބިފައިވާ ކަމަށް އޭނާ ބުނި އެވެ.
ކުރިން މަންމައަށް ބޭސް ކުރުމަށް ދަރިން ވަނީ ލޯނުވެސް ނަގާފައި ކަމަށާއި އެހެންނަމަވެސް މިފަހަރު ލޯނު ލިބޭގޮތް ވަނީ ނުވެފައި ކަމަށް މުސްތަފާ ފާހަގަ ކުރި އެވެ.
ފާތިމަތު ހުސެއިންއަށް އެހީ ވެދެއްވަން އެދޭ ބޭފުޅުން ތިރީގައި ބޭންކް އެކައުންޓް ނަމްބަރުތަކަށް އެހީ ފޮނުވަން އެ އާއިލާ އިން ވަނީ އެދިފައި އެވެ.
ބީއެމްއެލް އިންނަމަ
Mohamed Musthofa
7717333211101 (MVR).
Mohamed Musthofa
7730000248258 (USD)
Slip Viber: 7930288
އެމްއައިބީއިން ނަމަ
Mohamed Musthofa
90403100781511000 (MVR)
Mohamed Musthofa
90101100781512000 (USD)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;