ކޮލަމާ ބޯޓް ގެއްލިގެން ހޯދަން ފެށީ ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރައިގެން އެ ބޯޓު ދަތުރު ކުރީ ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށެވެ.
ފުލުހުން ބުނީ ބޯޓް ފެނުނީ އެކެފަރަ ސަރަހައްދުން ކަމަށެވެ. އަދި ބޯޓް ފެނުނުއިރު ބޯޓް ކެޕްޓަން ކޮލަމާފުށި، ދޮންވެލި އާދަމް ސައީދު (ސައީދުބެ) އެއްވެސް ހަތަކާތެއް ނެތުމުން ފުލުހުންގެ އެހީތެރިކަމުގައި އޭނާ ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަކަމަށެވެ. އަދި ހޮސްޕިޓަލުން ބުނީ އޭނާ ގެނައިއިރުވެސް ނިޔާވެފައިވާކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.