ads
ޔޫއްޕެގެ 'އިލްޒާމް' ގެ ފުރަތަމަ ޓީޒާގެ ތެރެއިން
ޔޫއްޕެގެ 'އިލްޒާމް' ގެ ފުރަތަމަ ޓީޒާ ދައްކަލައިފި
ރާއްޖޭގެ އެންމެ މޮޅު އެކްޓަރު އަދި ކާމިޔާބު ޑައިރެކްޓާ ޔޫސުފް ޝަފީއު (ޔޫއްޕެ) ދެން އެންމެ އަވަހަށް ސިނަމާތަކަށް އަންނަ ތައްޔާރުވަމުންދާ ފިލްމު "އިލްޒާމް" ގެ ޓީޒާ ދައްކާލައިފިއެވެ.
Advertisement

އަންނަ އޮކްޓޯބަރުގައި ރީލީޒްކުރުމަށް ތައްޔާރުވަމުން އަންނަ މި ފިލްމަކީ ޔޫއްޕެގެ އަމިއްލަ ވާހަކައެއްގެ މައްޗަށް އޭނާ ޑައިރެކްޓް ކުރާ ފިލްމެކެވެ. 

ފެމިލީ ޑްރާމާއެއްގެ ގޮތުގައި ސިނަމާތަކަށް އަންނަ މި ފިލުމުގެ މެއިން ކެރެކްޓާ އަކީވެސް ޔޫއްޕެއެވެ. އޭނާގެ އިތުރުން މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ދެން ހިމެނެނީ އާމިރާ އިސްމާއީލާއި އަހުމަދު ނިމާލާއި އޭނަގެ ދަރިފުޅު ޖުމައްޔިލް ނިމާލާއި މުހައްމަދު ރަޝީދު (ދަރާ) މަރިޔަމް ޝިފާ އާއި މުހައްމަދު ފައިސަލްއެވެ. މީގެއިތުރުން އަހުމަދު ސައީދާއި އިބްރާހިމް ޖިހާދު (ޖިމީ) އާއި މަރިޔަމް ޝަކީލާ އަދި ޝަހީދާ އިސްމާއިލްވެސް ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ. 

އަންނަ މަހު 20 ގައި އޮލިމްޕަހަށް އަންނަން ތައްޔާރުވަމުންދާ "އިލްޒާމް" އަކީ ޔޫއްޕެ ޕްރޮޑަކްޝަނާއި މުހައްމަދު އަބްދުﷲ (މުހައްމާކަލޯ) ގެ ދެކެދެކެ ވެސް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ. 

މީ މި އަހަރު ސިނަމާތަކުން ޔޫއްޕެ ފެނިގެންދާ ތިން ވަނަ ފިލްމެވެ. މިއަހަރު ނުކުތް ޑައިރެކްޓަރު މޫމިން ފުއާދުގެ "އަބަދަށް"  އަދި ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ގެނެސްދިން "ސޮރީ" ގައިވެސް ޔޫއްޕެ ވަނީ ފެނިގެން ގޮސްފައެވެ. 

ޔޫއްޕެ ވަނީ ގިނަ ފިލްމަތަކެއް ޑައިރެކްޓްވެސް ކޮށްފައެވެ. "އެ ދަތުރު" އާއި "ލޯތްބަށްޓަކައި" އަދި "ދެވަންސޫރަ"  އަދި  "ސާޔާ"  އަކީ ޔޫއްޕެ ޑައިރެކްޝަން ފެނިގެން ދިޔަ ކާމިޔާބު ފިލްމުތަކެކެެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް