ads
ޖަވަކަރާ އައިލެންޑްސް މޯލްޑިވްސް ރިސޯޓުގައި މެރިން ރިސާޗު ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް
ޗަމްޕާގެ ޖަވަކަރާގައި އެންމެ ބޮޑު މެރިން ރިސާޗް ސެންޓަރު
ކްރައުން އެންޑް ޗަމްޕާ އިން ޅ. އަތޮޅުގައި ހިންގަމުން އަންނަ ޖަވަކަރާ އައިލެންޑްސް މޯލްޑިވްސް ރިސޯޓުގައި މެރިން ރިސާޗު ސެންޓަރެއް ހުޅުވައިފިއެވެ.
Advertisement

އެ ރިސޯޓްގައި ބޭއްވި ރަސްމިއްޔާތެެއްގައި މި ސެންޓަރު ހުޅުވާދެއްވީ ތިމާވެއްޓާއި ބެހޭ މިނިސްޓަރު ރާރިގް އިބްރާހިމާއި  ޗަމްޕާ ބްރަދާރސްގެ ޗެއާމަން މުހައްމަދު މޫސާއެވެ. މި ރަސްމިއްތާތުގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވެސް ބައިވެރިވިއެވެ. 

މި މެރިން ރިސާޗް ސެންޓަރަކީ ރާއްޖޭގެ ތިމާވެށީގެ އެކި ކަންކަން ދިރާސާކޮށް ދެނެގަތުމެވެ. މި މި ސެންޓަރުގެ ސަބަބުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ކަނޑުގެ ދިރުންތައްކައް އަންނަމުންދާ ބަދަލުތަކާއި މުރަކަތަކަށް ދިމާވާ އެކި މައްސަލަތުގެ އިތުރުން ތަފާތުއެކި ދިރާސާތައް ކުރެވޭނެކަމަށް އެ ސެންޓަރުން ބުނެއެވެ. މި ސެންޓަރު ވެގެންގޮސްފައި މިވަނީ ރާއްޖޭގައި ހުރި އެންމެ ބޮޑު މެރިން ރިސާޗު ސެންޓަރުއެވެ. 

މި މެރިން ރިސާޗު ސެންޓަރެއް ހުޅުވީ، ނިއުޒިލެންޑުގެ އޮކްލެންޑް ޔުނިވާސިޓީ އާއި އެމެރިކާގެ އީޕީއޭއާ ގުޅިގެން އިއްޔެ އިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ "އެޓޯލް މޯލްޑިވްސް ވޯކްޝޮޕް" ނުވަތަ ކޮންފަރެންސާވެސް އެކުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް