މި މަޝްވަރާ ކުރިޔަށް ދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒަރްބައިޖާންގެ ރައީސް އިލްހާމް ހޭދަރު އޮގްލޫ އަލިޔެވް އާއި އެކު ބޭއްވި ބައްދަލު ވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުން ކުރިޔަށް ގޮސްފައިވަނީ ޓިއަޖިން މެއިޖިއަންގްނަން ކަރައުނީ ޕްލާޒާގައި އެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ވާހަކަ ފާހަގަ ކުރައްވާފައި އެވެ.
ދެ ރައީސުން ވަނީ ދެ ގައުމުގެ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި އިގްތިސާދީ އެއްބާރުލުން އިތުރުކުރުމާއި ދެގައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުސަތުތައް ފުޅާކުރުމުގައި އެއްބާރުލުން ދިނުމަށް އާ މަގުތައް ދެނެގަތުމަށް މަސްވަރާ ކުރައްވާފައި އެވެ.