ads
ޕީއެންސީގެ ހިނގާލުމެއްގެ ތެރެއިން
ޕާޓިތަކަށް 28 މިލިއަން ދީފި، ޕީއެންސީއަށް އެކަނި 13 މިލިއަން
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ތެރެއިން މި އަހަރު 27.9 މިލިއަން ރުފިޔާ އެޕާޓީތަކަށް ދީފިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
Advertisement

އީސީން ބުނީ ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަން ބޭންކަށް ޖަމާކޮށްފައިވާކަމަށެވެ. އެގޮތުން 5 ޕާޓީތަކަށް 27،981،256 ރުފިޔާ ދޫކުރަން ނިންމާފައިވާކަމަށް އިލެކްޝަނުން ބުނެއެވެ.  

އިލެކްޝަނުން އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިއަހަރު އެންމެ ގިނައިން ދައުލަތުގެ ބަޖެޓުން ފައިސާ ލިބުނީ ވެރިކަން ކުރާ ޕީއެންސީއަށެވެ. އެޕާޓީއަށް 13.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެކަމަށް އިށީގެ ހިސާބުތަކުން ދައްކައެވެ. އެޕާޓީގައި ތިބި މެމްބަރުންގެ އަދަދަކީ 68968 އެކެވެ.

ދެވަނައަށް އެންމެ މެމްބަރުން ގިނަ އެމްޑީޕީއަށް ދައުލަތުގެ ބަޖެޓުން މިއަހަރު ލިބެނީ 8.4 މިލިއަން ރުފިޔާއެވެ. އެޕާޓުގެ މެމްބަރުންގެ އަދަދަކީ 43755 އެކެވެ. 

މި އަހަރުގެ ބަޖެޓުން ޕާޓިތަކަށް ފައިސާ ލިބޭ މިންވަރު

  • ޕީއެންސީ އަށް 13،316،689.57 ރުފިޔާ
  • އެމްޑީޕީއަށް  8،454،780.51 ރުފިޔާ
  • ޖުމްހޫރީ ޕާޓީއަށް 2،656،598.57 ރުފިޔާ
  • އެމްޑީއޭއަށް 1،769،648.69 ރުފިޔާ
  • އަދާލަތު ޕާޓީއަށް  1،713،538.65 ރުފިޔާ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް