ads
އެމްޓީސީސީގެ އެމްޑީ ސައުދީ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ބައްލަވާލައްވަނީ
މާރުކޭޓް ސަރަހައްދުގެ މަގު ފުޅާކުރުމުގެ މަސައްކަތް އެމްޑީ ސައުދީ ބައްލަވާލައްވައިފި
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގެ ފުޅާކުރުމުގެ މަޝްރޫއުގެކުރިޔަށް ދާ ގޮތް ބައްލާލުމަށް އެ ސަރަހައްދަށް އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ ވަޑައިގެންފި އެވެ.
Advertisement

އެމްޓީސީސީ އިން ބުނީ އެ މަޝްރޫއުގެ ދަށުން މިހާތަނަށް 72 މީޓަރުގެ ސަރަހައްދެއްގައި ސީޓްޕައިލް ކުރުމުގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ.

ބޮޑު ތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ.

މިއީ މާލޭ އުތުރުން ބޮޑުތަކުރުފާނު މަގުހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ބައެއްކަމަށާއި މިހާތަނަށް އައިރު މި މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށް އެ ކުންފުނިން ބުނެ އެވެ. 

އެމްޓީސީސީން އިތުރަށް ބުނީ މި މަސައްކަތް ނިމުމާއި އެކު ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވެގެން ދާނެ ކަމަށާއި  މަގުތައް  ފުޅާކޮށްފައިވާ މަގުތަކުގެ ސަބަބުން ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް އެހީތެރިވެދޭއިރު، އާ ފެން ހިއްކުމުގެ ނިޒާމުން ބޯކޮށް ވާރޭވެހޭ ވަގުތު ފެންބޮޑުވުން މަދުވާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. 

މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މިހާރު ހުރި އެއްގަމު ތޮށި ނަގައި، އައު އެއްގަމު ތޮއްޓަށް ބޭނުންވާ ޝީޓް ޕައިލް ޖެހުމުގެ މަސައްކަތެވެ. މިއީ މަގު ތަރައްޤީކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ. މި މަސައްކަތް ނިމުމުން، މަގަށް ބޭނުންވާ ހިއްކުމުގެ މަސައްކަތަށް މަގުފަހިވެގެންދާނެއެވެ.

މި މަޝްރޫއު ނިމޭއިރު މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހަދާނެކަމަށް އެމްޓީސީސީން ބުނެ އެވެ. މަގުގެ ގާތްގަނޑަކަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅަން ވަނީ ނިންމާފައެވެ. އެއީ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ.

އެއްއަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް