
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ 2023 ވަނަ އަހަރުގެ ހިސާބަށް ވެސް އިގްތިސާދު ކުރިއަރާނެ ކަމަށް ރިޕޯޓުން ނުދައްކާ ކަމަށެވެ. މިއީ ސަރުކާރުން ނެރޭ ރިޕޯޓުތައް ކަމަށާއި، މިކަމުގެ ސަބަބުން ސަރުކާރުން ނަގާފައިވާ ލޯނުތައް ދެއްކޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަންކަން މިހެން ހުރިއިރު، ސަރުކާރުން ހަވާ ފަޓާސް އެރުވުމާއި، ރައީސުލްޖުމްހޫރިއްޔާ ފުޓުބޯޅަ ކުޅުއްވުމަށް އަށް މަސް ތެރޭގައި އަށް ލައްކަ ރުފިޔާ ހަރަދުކުރުން ފަދަ ބޭކާރު ހަރަދުތައް ކުރަމުންދާ ކަމަށް ސަލީމް ތުހުމަތުކުރެއްވި އެވެ. އޭނާ ވިދާޅުވީ ބޭނުންނުވާ އަދަދަށް މިނިސްޓްރީތައް އުފައްދައި، ސަރުކާރުގެ ހަރަދު އިންތިހާއަށް ބޮޑުވަމުންދާއިރު، ދަރަނީގެ ވާހަކަ ދެއްކުމުގެ ހައްގެއް ސަރުކާރަށް ނެތް ކަމަށެވެ. އަދި ސަރުކާރުން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރަނީތޯ ނުވަތަ އެ ލޯނުތަކަށް ވަނީ ކިހިނެއްތޯ ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.