ads
ރައީސް މުއިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސަލާން ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
މަޖިލީހުން އިސްކުރާނީ ދިވެހިންގެ ކުރިއެރުމާއި ތަރައްގީ: މަޖިލިސް ރައީސް
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުން އަބަދުވެސް އިސްކުރާނީ ދިވެހިންގެ ކުރިއެރުމާއި ތަރައްގީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިިލިސް މިއަހަރަށް ހުޅުވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވައި ނިންމެވާއެކު، ދެއްކެވި ވާހަކަފުޅުގައި މަޖިލިހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، މަޖލިސް ދެމި އޮންނާނީ ދިވެހިރައްޔިތުންނާއި ސަރުކާރާއި އެކުގައި ކަމުގެ ޔަގީންކަން ރައީސް މުއިއްޒަށް އަރުވާ ކަމަށެވެ. ރައްޔިިތުންގެ މަޖިލީހުގެ މެމްބަރުން ކޮށްދެއްވަނީ އިހުލާސްތެރި މަސައްކަތެއް ކަމަށް ވިދާޅުވެ، މެންބަރުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

"20 ވަނަ ރައްޔިތުންގެ މަޖިލީސް އަބަދުވެސް އިސްކުރާނީ ދިވެހިންގެ ކުރިއެރުމާއި ތަރައްގީއާއި ރައްކާތެރިކަން. އަޅުގަނޑު ރައީސް ޑރ. މުއިއްޒަށް ޔަގީންކަން ދޭންބޭނުންވަނީ، މި މަޖިލީސް ދެމިއޮންނާނީ ދިވެހި ސަރުކާރާއި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނާއެކީގައި." ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ، މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރައްޔިތުންގެ މަޖިލީހުން ބިނާކުރަނިވި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަހަރު ފުރަތަމަ ދައުރުގެ މަސައްކަތް ފަށާފައިވާއިރު ދެން މަޖިލީހުގެ ޖަލްސާއެއް އޮންނަނީ އަންނަ ހޯމަ ދުވަހު ކަމަށް ރައީސް އަބްދުއްރަހީމް ވަނީ ޖަލްސާ ނިންމަވާލައްވަމުން އިއުލާންކުރައްވާފަ އެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް