ads
ރައީސް މުއިއްޒު މެލޭޝިއާގައި
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށް މުބާރާތެއް ބާއްވަނީ
މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އަމާޒުކޮށްގެން ހާއްސަ ހޭންޑްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައިފި އެވެ.
Advertisement

"ދިވެހިންގެ ހޭންޑްބޯލް" ގެ ނަމުގައި އިންތިޒާމުކުރާ މި މުބާރާތަކީ އަންނަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މިއީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށް މިފަދަ ގޮތަކަށް ބާއްވާ ފުރަތަމަ ހޭންޑްބޯޅަ މުބާރާތް ކަން ފާހަގަކޮށްލެވެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މެލޭޝިއާގެ ސައްހަ ވިސާ އޮންނަ ކޮންމެ ދިވެއްސަކަށެވެ. ނަމަވެސް މުބާރާތުގެ ފޯރި އިތުރުކުރުމުގެ ގޮތުން ކޮންމެ ޓީމަކަށް ހާއްސަ ކުޅުންތެރިއެއްގެ ގޮތުގައި ވިސާ ނެތް ކުޅުންތެރިއަކު ބައިވެރިކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. މުބާރާތުގެ އުސޫލުތައް ރާވާފައިވަނީ ފުރަތަމަ ގްރޫޕް ސްޓޭޖްގެ މެޗުތައް ކުޅުމަށް ފަހު، އެންމެ މޮޅު ހަތަރު ޓީމެއް ސެމީ ފައިނަލަށް ދަތުރުކޮށް، ސެމީން މޮޅުވާ ދެ ޓީމު ފައިނަލުގައި ވާދަކުރާ ގޮތަށެވެ.

މުބާރާތުން އެއްވަނަ އަށް ދާ ޓީމަށް ހާއްސަ ޓްރޮފީއެއް ހުށަހަޅާފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އޮކްޓޯބަރު މަހު މުބާރާތް ފެށުމަށް ތައްޔާރުވަމުން އަންނައިރު، މުބާރާތް ބާއްވާނެ ތަނެއް ފަހުން އިއުލާން ކުރާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުންޏެވެ. މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށާއި، ސްޕޮންސާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އިންސްޓަގްރާމްގެ @dhivehingehandball ޕޭޖަށް މެސެޖު ކުރުމަށް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް