ads
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެމްޕީއެލް އިން ވަޒީފާގެ ފުރުސަތުތައް ދިނުމަށް އެމްއޯޔޫގައި ސޮއިކުރުން
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެމްޕީއެލް އިން ވަޒީފާގެ ފުރުސަތުތައް
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓް (އެމްޕީއެލް) އާއި ޖެންޑާ މިނިސްޓްރީއާ ދެމެދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ އިޖުތިމާއީ ގޮތުން އެކަހެރިވެދާނެ ފަރާތްތަކަށް މަސައްކަތުގެ މާހައުލަށް ނުކުމެ، ތަޖުރިބާ ހޯދުމުގެ ދޮރު ހުޅުވާލަދިނުމެވެ.

ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި މި ފަހުމުނާމާގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށާއި މާލީ ހާލަތު ދަށްވުމުގެ ސަބަބުން ދިރިއުޅުމުގެ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށްވެސް ވަޒީފާގެ ފުރުސަތު ހޯދައިދެވޭނެއެވެ. އެގޮތުން ވަޒީފާއަށް އެދޭ ފަރާތްތަކަށް އެމްޕީއެލް އިން ފުރުސަތު ހުޅުވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމަކީ މުޖުތަމައުގެ ހުރިހާ ފަރުދުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ޖެންޑާ މިނިސްޓްރީން ފާހަގަކުރެއެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމައުގެ އެކި ގިންތިތަކުގެ ފަރާތްތަކަށް ވަޒީފާގެ ދާއިރާގައި ކުރިއަށް ދިއުމަށް ބާރުއެޅިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ދެކެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް