ads
ފޭސް 2 ގައި ދެ މިސްކިތް އެޅުމަށް ބިން ހަވާލުކުރުން
ފޭސް ދޭއްގައި އަޅާ ދެ މިސްކިތަށް އެޗްޑީސީން ބިން ހަވާލުކޮށްފި
ހުޅުމާލެ ފޭސް ދޭއްގައި އަޅާ ދެ މިސްކިތަށް ބިން ހަވާލުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އާއި އިސްލާމިކް އެފެއާޒް މިނިސްޓްރީއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުމުގެ ދަށުން، ފޭސް ދޭއްގެ އާބާދީއަށް ހާއްސަކޮށްގެން ދެ މިސްކިތެއް އެޅުމަށް ވަނީ ބިން ހަމަޖައްސާފައެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރުއެވެ. އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މި އެއްބަސްވުމުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ދެ މިސްކިތުގެ ޖުމްލަ ޖާގަ 6000 މީހުންނަށް އަރައެވެ. އެގޮތުން، ލޮޓް ނަންބަރު 22221 ގައި އަޅާ މިސްކިތަކީ 27،920 އަކަފޫޓުގެ ބިމެއްގައި، 2000 އާއި 3000 ދެމެދުގެ އަދަދަކަށް މީހުންނަށް ނަމާދުކުރެވޭނެ މިސްކިތެކެވެ. އަދި ލޮޓް ނަންބަރު 22242 ގައި އަޅާ މިސްކިތަކީ 20،720 އަކަފޫޓުގެ ބިމެއްގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތެކެވެ. މި މިސްކިތުގައިވެސް އެއްފަހަރާ 2000 އާއި 3000 ދެމެދުގެ އަދަދަކަށް މީހުންނަށް ނަމާދުކުރުމުގެ ޖާގަ ހުންނާނެއެވެ.

ހުޅުމާލޭގެ އިތުރުން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ކުރުމުގެ ގޮތުން އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ބެލުމުގެ ދަށުން ގިނަ މިސްކިތްތަކެއްގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. ހުޅުމާލެ ފޭސް ދޭއްގައި އަޅާ މި ދެ މިސްކިތަކީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ، ނަމާދުކުރުމަށް އިތުރު ޖާގަ ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް