ads
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕުން 45 އަހަރުން މަތީގެ މީހުންނަށް ހިލޭ ލޯ ދައްކައިދެނީ
ޓްރީ ޓޮޕް ހޮސްޕިޓަލުން އުމުރުން 45 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށް، ލޮލުގެ ޑޮކްޓަރަށް ހިލޭ ދެއްކޭނެ ހާއްސަ ކެމްޕެއިނެއް އަންނަ ހަފުތާގައި ފަށަން ނިންމައިފި އެވެ.
Advertisement

"ކެޓަރެކްޓް ކެމްޕެއިން" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ލޮލުގެ ސިއްހަތަށް އާންމުން ހޭލުންތެރިކޮށް، ބޭނުންވާ ފަރުވާ ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ މަގުސަދުގައި ބާއްވާ ކެމްޕެއިނެކެވެ. މި ހިދުމަތް އަންނަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި މި ކެމްޕެއިންގެ ދަށުން ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ފެށިގެން ހަވީރު 5:30 އާ ހަމައަށް ލޮލުގެ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. މި ހާއްސަ ފުރުސަތު ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އިތުރުން ޓޫރިސްޓުންނަށް ވެސް ހުޅުވާލާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. ހިދުމަތް ހޯދުމަށް ގޫގުލް ފޯމެއް މެދުވެރިކޮށް ކުރިން ރަޖިސްޓްރީ ވުމަށް ބާރުއަޅާއިރު، ޖާގަ އޮތް މިންވަރަކުން އެޕޮއިންޓްމަންޓް ނުހަދާ އަންނަ ފަރާތްތަކަށް ވެސް ހިދުމަތް ދޭން ވަނީ ނިންމާފަ އެވެ.

މި ކެމްޕެއިނުގެ ދަށުން އިންޝުއަރެންސް ނުވަތަ އާސަންދައިގެ ބޭނުމެއް ނެތި، ހިލޭ ޑޮކްޓަރަށް ދައްކައި ލޮލުގެ އަސާސީ ސްކްރީނިންތައް ހެދޭނެ އެވެ. ނަމަވެސް، ޑޮކްޓަރުގެ ކޮންސަލްޓޭޝަނާއި ސްކްރީނިންގެ އިތުރުން ހަދަންޖެހޭ ޓެސްޓުތަކަށާއި ފަރުވާއަށް އާންމު އުސޫލުން ފައިސާ ދައްކަންޖެހޭނެ ކަމަށް ޓްރީ ޓޮޕުން މައުލޫމާތު ދެ އެވެ. މި ކެމްޕެއިނާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3351630 ނަމްބަރަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް