ads
މިނިސްޓަރު ތޯރިގު ގަހެއް އިންދަވަނީ
ޅ. އަތޮޅު ބަޔޮސްފިއަ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް މަގުފަހިވެއްޖެ: މިނިސްޓަރު
ޅ. އަތޮޅު، ޔުނެސްކޯގެ ބަޔޮސްފިއަ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމުގެ މަސައްކަތަށް، ފާދިއްޕޮޅު ޖަވަކަރަ އައިލަންޑްގައި އަލަށް ހުޅުވި މެރިން ރިސާޗް ސެންޓަރުގެ ސަބަބުން ވަރަށް ބޮޑަށް މަގުފަހިވެއްޖެކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބުރާހިމް ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖޭގައި ގާއިމުކުރި އެންމެ ބޮޑު މި މެރިން ރިސާޗް ސެންޓަރާއެކު، ޅ. އަތޮޅު ބަޔޮސްފިއަ ރިޒާވެއްގެ ގޮތުގައި ހެދުމުގެ އަމާޒަށް ވާސިލުވުމަށް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ، ޅ. އަތޮޅު ބަޔޮސްފިއަ ރިޒާވެއްގެ ގޮތުގައި ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، މި އާ ރިސާޗް ސެންޓަރަކީ އެކަމަށް ބޭނުންވާ ޓެކްނިކަލް މަސައްކަތްތަކާއި ދިރާސާތައް ކުރުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި މި ސެންޓަރުގެ ސަބަބުން، ކަނޑުގެ ދިރުންތަކާއި ރާއްޖޭގެ ބަޔޯޑައިވާސިޓީ ދިރާސާކޮށް، އެތަކެތި ރައްކާތެރިކުރުމުގެ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޖަވަކަރަ އައިލަންޑްގައި ގާއިމުކުރި މި ސެންޓަރަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހިންގުމަށް ހަމަޖެހިފައިވާ ތަނެކެވެ. ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުނި ޗަމްޕާ ބްރަދާސްއިން ގާއިމުކުރި މި ސެންޓަރަކީ އެ ކުންފުނިން ރާއްޖޭގެ ތިމާވެއްޓާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގައި މީގެކުރިން ޔުނެސްކޯގެ ބަޔޮސްފިއަ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވަނީ ބ. އަތޮޅާއި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް