ads
ސިވިލް ކޯޓް: ފޮޓޯ ރާއްޖެއެމްވީ
ސިޓީއެއް ލިޔަން ވަކީލަކު ނެގި ލާރި އަނބުރާ ދައްކަން އަންގައިފި
ގާނޫނީ ހިދުމަތް ދިނުމަށް އެޑްވާންސްގެ ގޮތުގަ އާއި ސިޓީއެއް ލިޔެދިނުމަށް ފައިސާ ނެގުމަށްފަހު، އެ ހިދުމަތް ނުދިން މައްސަލައެއްގައި ވަކީލު ޒުންނަވާރު ސަލީމް އެ ފައިސާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ބާ ކައުންސިލުން މިހާރުވެސް ހުއްދަ ހިފަހައްޓާފައިވާ ޒުންނަވާރުގެ މައްޗަށް މި ހުކުމް ކުރީ އޭނާގެ ޣައިރު ހާޒިރުގައެވެ.
Advertisement

މާލެ، ގ. ގްރީންބީންސް، ހަފީޒާ އަބްދުލްޣަނީ ހުށަހެޅުއްވި މި މައްސަލާގައި ކޯޓުން އަމުރުކުރީ ޖުމުލަ 6000 ރުފިޔާ އަނބުރާ ހަފީޒާއަށް ދެއްކުމަށެވެ. އެއީ ގާނޫނީ ހިދުމަތަށް އެޑްވާންސްގެ ގޮތުގައި ނެގި 5000 ރުފިޔާ އާއި ކުންފުންޏަކަށް ސިޓީއެއް ލިޔެދިނުމަށް ނެގި 1000 ރުފިޔާ އެވެ. ދައުވާގައިވާ ގޮތުން ޒުންނަވާރުގެ މީނާޒް ލޯ ފާމާ މަސައްކަތް ހަވާލުކުރިތާ ހަ މަސްދުވަސް ވީއިރުވެސް ހިދުމަތް ލިބިފައި ނުވާއިރު، ޒުންނަވާރު ފޯނަށްވެސް ޖަވާބުދީފައި ނުވެއެވެ.

މިއީ ޒުންނަވާރުގެ މައްޗަށް މިފަދަ ތުހުމަތެއް ކުރެވުނު ފުރަތަމަ ފަހަރު ނޫނެވެ. އޭނާގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާ ކައުންސިލުން ވަނީ 15 މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ. އެއީ، އެހެން ވަކީލެއްގެ ނޯޓަރީ ސްޓޭމްޕް ބޭނުންކޮށްގެން އެއްބަސްވުމެއް ނޯޓަރައިޒްކޮށްދިން މައްސަލައެއްގައެވެ. މީގެ އިތުރުން ހިދުމަތް ނުދީ 10،000 ރުފިޔާ ނެގި ކަމަށް ބުނާ އެހެން މައްސަލައެއްވެސް ވަނީ ބާ ކައުންސިލަށް ހުށަހަޅާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް