އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ ވެއިޓްނާމްގެ ގައުމީ ދުވަހުގެ ތަހުނިޔާ ކިޔުވަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
މިނިސްޓަރު ވިދާޅުވެފައި ވަނީ އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު މިސްޓާރް ބުއި ތަން ސަން އަށާއި ގައުމުގެ އެހެން އިސްވެރިން އަދި އެ ގައުމުގެ ރައްޔިތުންނައް ފާގަތި އަދި އުފާވެރި މުސްތަގްބަލެއް ލިބިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ވެއިޓްނާމް އިން ފާހަގަ ކުރަމުން ދަނީ އެ ގައުމުގެ 80 ވަނަ ގައުމީ ދުވަހެވެ.
ވެއިޓްނާމްގެ ގައުމީ ދުވަސް ފާހަގަ ކުރަނީ ބޮޑު ހަނގުރާމާއި ޖަޕާން އިން ވެއިޓްނާމް ހިސާރަ ކުރުމަށް ފަހު 1945 ސެޕްޓެމްބަރު 2 ވަނަ ދުވަހު އެ ގައުމުގެ އޭރުގެ ރައީސް ހޯ ޗިން މިންހް އެގައުމު ޖަޕާންގެ އަތް ދަށުން މިނިވަންވިކަން އިއުލާނު ކުރިދުވަސް ފާހަގަ ކުރުމުގެ ގޮތުން ނެވެ.