
އަފްގާނިސްތާނަށް ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިވާ ބަޔަކު
އަފްގާނިސްތާނުގެ ބިންހެލުމުގައި 1400 އަށް ވުރެން ގިނަ މީހުން މަރުވެއްޖެ
ސީއެންއެމް ނިއުސް ޓީމް
02 ސެޕްޓެމްބަރ 2025 - 17:59:31
އަފްގާނިސްތާނަށް އައި ބިންހެލުމުގެ ސަބަބުން 1400 އަށް ވުރެން ގިނަ މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ މީޑިޔާތަކުން ބުނެފި އެވެ.
މިކަމާއި ގުޅިގެން ތާލިބާނުންގެ ވެރިން ވަނީ ބޭރު ގައުމުތަކުގެ އެހީ އަށް އެދި ގޮވަލާފައި އެވެ.
މިހާތަނަށް ބިންހެލުމުގައި 1411 މީހުން މަރުވެ 3124 މީހުން ޒަހަމްވެފައިވާ ކަމަށް ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު އަންގާރަ ދުވަހު ބުނެފައިވެ އެވެ. މުޖާހިދު އިތުރަށް ބުނީ މި ބިންހެލުމުގެ ސަބަބުން 5،400 އަށް ވުރެ ގިނަ ގެދޮރު ވެސް ވަނީ ހަލާކުވެފަކަމަށެވެ.
ބޯކޮށް ވާރޭވެހި ބިންހެލުމާއި މަގުތައް ހަލާކުވުމުގެ ސަބަބުން ރިލީފް ޓީމުތަކަށް ބިންހެލުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ދުރު ފަރުބަދަމަތީ ސަރަހައްދުތަކަށް ވަނުމަށް ދަތިތަކެއް ކުރިމަތިވެފައި ވާކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ.
މީގެ އިތުރުން ދާދި ފަހުން އެމެރިކާއން އަދި ދުނިޔޭގެ އެހެން ގައުމުތަކުންވެސް ދޭ އެހީ ކުޑަކުރުމުން އެގައުމުގައި ރިލީފްގެ މަސައްކަތްތައް ދަތިވެފައިވާ ކަމަށް ހަބަރު ފަތުރާ ވަސީލަތް ތަކުން ވަނީ ފާހަގަ ކޮށްފައި އެވެ.
މިކަމުގެ ސަބަބެއް ކަމަށް ފާހަގަ ވެގެން ދަނީ 2021 ވަނަ އަހަރު ތާލިބާނުންގެ ކޮންޓްރޯލް އަތުލައިގަނެ، އެގައުމުގެ 43 މިލިއަން މީހުންނަށް ހަރުކަށި އުސޫލުތަކާއި އަދަބުތައް ދިނުން ކަމަށް އެ ވަސީލަތްތަކުން ބުނެ އެވެ.
އަފްގާނިސްތާނަށް ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިވާ ކުއްޖެއް
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ޕާކިސްތާނާ ބޯޑަރު ކައިރީގައި އޮންނަ ނަންގަރްހާރު ޕްރޮވިންސްގެ ގާތްގަނޑަކަށް 200،000 މީހުން ދިރިއުޅޭ ސިޓީއެއް ކަމަށްވާ ޖަލަލާބާދުގެ އިރުއުތުރުން 27 ކިލޯމީޓަރު (16.77 މޭލު) ދުރުގައި ރޭގަނޑު ދަންވަރު ކަމަށެވެ.
ޔޫއެސްޖީއެސް އިން ބުނާ ގޮތުގައި މި ބިންހެލުމަކީ ނިސްބަތުން ކުޑަ ބިންހެލުމެއްކަމަށާއި ނަމަވެސް މިކަހަލަ ބިންހެލުންތަކަކީ މާ ފަނާކުރަނިވި ބިންހެލުންތަކަކެއް ކަމަށެވެ.
ތާލިބާން ސަރުކާރުގެ ސިއްހީ ވުޒާރާގެ ތަރުޖަމާނު ޝުރުފާތު ދަމާން ބުނީ، ބިންހެލުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް ބޭރުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
އަފްގާނިސްތާނަށް ބިންހެލުމުގެ ސަބަބުން ސުންނާފަތިވެފައި ހުރި ގެޔެއް
ބިންހެލުމުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ ޕާކިސްތާންގެ ސަރަޙައްދީ ރޮނގާ ގުޅޭ ހިސާބުގައި އޮތް އަފްޣާނިސްތާނުގެ ރަށްތަކާއި އަވަށްތަކަށެވެ. އެ ސަރަޙައްދުތަކުގެ މަގުތަކާއި، ޢާންމުންގެ ގެދޮރު ވަނީ ސުންނާފަތިވެފައެވެ. އަދި، މުއާސަލާތީ ހިދުމަތްތައް ވަނީ މެދުކެނޑިފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް