ކައުންސިލުން ވަނީ ރަސްމީ ފާލަމުގެ ކުރެހުން ހިމެނޭ ތްރީޑީ އެނިމޭޝަން ވީޑިއޯކޮޅެއް އާއްމުކޮށްފައެވެ. މި ވީޑިއޯ އިން ފެންނަގޮތުން އެ ރަށު ރަސްމީ ފާލަން ފަރުމާކޮށްފައިވަނީ ކުރީގެ ދޯންޏެއްގެ ސިފަވާ ގޮތަށެވެ.
ދޯނީގެ ތިރީގައި ފުރަން އަންނަ މީހުން މަޑުކޮށްލައިގެން ތިބޭނެ ވެއިޓިން ރޫމްތައް ހަދާފައިވާއިރު މަތީގައި ހުންނަނީ ކޮފީ ސޮޕެކެވެ. އެތަނުގައި ތިބޭއިރު ބަނދަރުގެ ހިތްގައިމުކަމާއި ރަށުގެ ނަލަކަން ފެންނަހެނެވެ.
އިހަވަންދޫ ކައުންސިލުން ބުނީ ރަސްމީފާލަން އަދި މޮނިއުމެންޓްގެ ކޮންސެޕްޓް ކުރެހުމަށް ރައްޔިތުންގެ ހިޔާލަށް ހުޅުވާލާފައިވާކަމަށެވެ.
ހިޔާލު ހުށަހެޅުމަށް ގޫގުލް ފޯމް ފުރުއްވުން އެދެމެވެ.
ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 07 ވާ އާދީއްތަ ދުވަހުގެ 14:00 ޖަހާއިރުކަމަށް އެ ކައުންސިލުން ބުނެއެވެ.