
މިއީ، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޓްރީޓޮޕުން ކުރި އޮޕަރޭޝަނަކާ ގުޅޭ މައްސަލައެކެވެ. ދިވެހި ފިރިހެނަކު، މި މައްސަލައިގައި ކޯޓުގައި ދައުވާކޮށްފައިވަނީ އޭނާގެ ހުއްދަ ނެތި އޭނާގެ ކުޑަދޫ، ހޮސްޕިޓަލުން ބުރިކޮށްލާފައިވާ ކަމަށް ބުނެއެވެ. އެއީ، ޓޮންސިލް އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މި މައްސަލަ ކޯޓުން ބޭރުކޮށްލީ، މަދަނީ އިޖުރާއަތުގެ ދަށުން ހުށަހަޅަން ޖެހޭ ފޯމް ނޫން އެހެން ފޯމަކުން މައްސަލަ ހުށަހަޅާފައިވާތީއެވެ. މީގެ ކުރިންވެސް މި މައްސަލަ ސިވިލް ކޯޓުންވަނީ ބޭރުކޮށްލާފައެވެ. އޭރު ކޯޓުން މައްސަލަ ބޭރުކޮށްލީ، ޓްރީޓޮޕް ހޮސްޕިޓަލްގެ އެޑްރެސް ހޯދުމަށް އެންގުމުން އެކަން އޭނާ ނުކޮށްގެންނެވެ.
އަންގާރަ ދުވަހު، ދެވަނަ ފަހަށް މި މައްސަލަ، އަންގާރަ ދުވަހު ކޯޓުން ބޭރުކޮށްލީ، ގާޒީ އަބްދުﷲ އިހްސާންއެވެ. މިދިޔަ އަހަރު މައްސަލަ ބޭރުކޮށްލީ، ގާޒީ އަބްދުއްނާސިރު ޝަފީގުއެވެ.