ads
ސޮނާކްޝީ
ފޮޓޯތައް ހުއްދަ ނެތި ބޭނުންކުރާ ބްރޭންޑްތަކަށް ސޮނާކްޝީގެ އިންޒާރު
ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސޮނާކްޝީ ސިންހާ، އޭނާގެ ހުއްދަ ނެތި އޭނާގެ ފޮޓޯތައް ބޭނުންކުރާ އޮންލައިން ބްރޭންޑްތަކަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.
Advertisement

ސޮނާކްޝީ މިހެން ބުނީ އޭނާގެ އިންސްޓަގްރާމްގައި ހިއްްސާ ކުރި ސްޓޯރީއެއްގަ އެވެ. 

ސޮނާކްޝީ ވަނީ މި ބްރޭންޑްތަކަށް ވަގުތުން އެ ފޮޓޯތައް ނެގުމަށް ވެސް އަންގާފަ އެވެ. އަދި މި އިންޒާރަށް ފިޔަވަޅެއް ނުނަގާ ނަމަ އޭނާ އެ ކުންފުނިތަކުގެ ނަންތައް ފާޅުގައި ހާމަކުރަން ފަށާނެކަމަށް ވެސް ބުނެފައި ވެއެވެ. 

ސޮނާކްޝީ ވަނީ، އެއްވެސް މީހެއްގެ ހުއްދަ ނެތި އިޝްތިހާރު ކުރުމަށް އެމީހެއްގެ ފޮޓޯ ބޭނުންކުރުމަކީ، އިންސާފެއް ނޫން ކަމަށާއި، އަމިއްލަ ހައްގުތަކާ ހިލާފުވުމެއް ކަމަށް ބުނެފަ އެވެ.

ސޮނާކްޝީގެ މި މެސެޖަކީ ވަރަށް ސާފު އަދި ސީދާ މެސެޖެކެވެ. އެއީ ފަންނާނުންގެ މަސައްކަތާއި، އެމީހުންގެ ސޫރައަށް އިހުތިރާމް ކުރުމަށް ކުންފުނިތަކަށް ގޮވާލާ މެސެޖެކެވެ. އޭނާގެ ފޭނުން ވަނީ އޭނާގެ މި ނިންމުމަށް ތާއީދުކޮށް، މަޝްހޫރު ތަރިންގެ ފޮޓޯތައް ނަހަމަ ގޮތުގައި ބޭނުންކުރާ ބްރޭންޑްތަކުން ޖަވާބުދާރީ ކުރުމަށް ސޮނާކްޝީ ނެގި މި ފިޔަވަޅަށް ތައުރީފު ކޮށްފަ އެވެ.

                   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް