
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހް
ފެނަކައަށް 3000 ދިދަ ފަހާދޭނެ ބަޔަކު ހޯދަނީ
މުހައްމަދު އާދަމް އަހްމަދު
03 ސެޕްޓެމްބަރ 2025 - 10:49:14
ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 3000 ދިދަ ފަހާ ދޭނެ ބަޔަކު ހޯދަން ފަށައިފިއެވެ.
ފެނަކައިން ބުނީ ގައުމީ ދިދަ އަދި އެ ކުންފުނީގެ ދިދަ ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އެގޮތުން އެ ކުންފުނިން ދޭ ނަމޫނާއަކާއި އެއްގޮތަށް ފަހަން ބޭނުންވަނީ 1500 ގައުމީ ދިދައާއި އެކުންފުނީގެ 1500 ދިދަ ކަމަށް ފެނަކައިން ބުނެއެވެ.
މި މަސައްކަތަށް ބޭނުންވާ ތަކެތި ހޯދަން ޖެހެނީ އެ މަސައްކަތާ ހަވާލުވާ ފަރާތުންކަމަށާއި މަސައްކަތުގެ އަގު ލިބޭނީ ބިޑް ކާމިޔާބު ކުރާ ފަރާތަކުން މަސައްކަތް ނިންމާ ހަވާލުކުރުމުންކަމަށް ފެނަކައިން ބުނެއެވެ.
މި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން މިމަހުގެ ހަތް ވަނަދުވަހުގެ ކުރިން ރެޖިސްޓްރީވާން ޖެހޭނެކަމަށް ފެނެކައިން ބުނެއެވެ. އަދި މަސައްކަތުގެ އަގު ހުށައަޅަން ޖެހޭނީ މިމަހުގެ އަށްވަނަ ދުވަހުކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް