
އެ މިނިސްޓްރީން ބުނެފައިވަނީ ވޯލްޑް ބޭންކުން ފައިނޭންސްކޮށްގެން ޓްރާންސްފޯމިން ފިޝަރީޒް ސެކްޓަ މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް) ހިންގަމުންދާއިރު، ލިބޭ ފައިސާގެ ބައެއް “ޕްރޮކިއުމަންޓް އޮފް 2 އާރްޓީކޭ ޑްރޯންސް ވިތު ޓްރޭނިން ފޯ މޮނިޓަރިން އެންޑް އެސެސްމަންޓް އޮފް އިންޑަސްޓްރިއަލް އައިލެންޑްސް” ގެ ކޮންޓްރެކްޓްގެ ދަށުން ފައިސާ ދެއްކުމަށް ގަސްތު ކޮށްފައި ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މިކަމަށް ސަރުތުހަމަވާ ފަރާތްތަކުން މިކަމަށް ބިޑް ހުށަހެޅުމަށް ހުޅުވާލެވިފައިވާކަމަށާއި ބީލަން ހުށަހަޅާ އިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 2160 ރުފިޔާ ހުށަހަޅަން ޖެހޭ ކަމުގަ އެވެ.
އެ މިނިސްޓްރީން ފާހަގަ ކޮށްފައިވާ ގޮތުގައި މިކަމަށް އެދި ބިޑު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ 2 އޮކްޓޫބަރު 2025 ވަނަ ދުވަސް ކަމަށާއި އިލެކްޓްރޯނިކް ބިޑެއް މި ބީލަމަކަށް ހުށަނޭޅޭނެކަމުގަ އެވެ.
މިކަމާއި ބެހޭ އިތުރު މައުލޫމާތެއް ހޯދަން ބޭނުން ވާ ފަރާތްތަކުން [email protected] އަށް އަށް ސާފު ކުރަން ބޭނުންވާ މައުލޫމާތެއް 21 ސެޕްޓެމްބަރު 2025 ގެ 12:00 ގެ ކުރިން ފޮނުވައި ދެއްވުމަށް އެ މިނިސްޓްރީން އެދިފައިވެ އެވެ.
މި ކަމަށް އެދި ހުށަހަޅާ ބިޑްތައް އެޑްރެސް ކުރަން ޖެހޭނީ އެ މިނިސްޓްރީ އަށް ކަމަށް އެ އިދާރާއިން ވަނީ ބުނެފައި އެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު އެ މިނިސްޓްރީއިން ގެޒެޓުގައި ކޮށްފައިވާ އިއުލާނުން https://www.gazette.gov.mv/iulaan/358226 ލިބިގެން ދާނެ އެވެ