ފުލހުން ބުނީ އޭނާ ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، މި މަހުގެ 9 ވަނަ ދުވަހުގެ 11:00 އަށް ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ. ސޯޝަލްމީޑިއާ މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ ފުލުހުން ހޯދަމުންދަނީ ތ. ގާދިއްފުށި / އަންނާރުވިލާ، (43އ) ނަސީމް އިބްރާހިމް ކަމަށެވެ.
ނަސީމް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ފުލުހުންނާ އޭނާގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވާފަ އެވެ.