
ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި މިއަދު ހެނދުނު 10:00 އާއި 11:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މާލެ ސިޓީ، ބޮޑުރަސްގެފާނު މަގު، ޗާންދަނީ މަގު، ދެވިނަ މަގު، އެނބޫ ގޯޅި، ގުލްއަލާ ގޯޅި، އިސްކަންދަރު މަގު، ޖޯޝީ ހިނގުން، ކުރިކީލަ މަގު، މަދޮށި ގޯޅި، ނިކަގަސް ހިނގުން، ނިކަގަސް މަގު އަދި ރަނައުރާ ގޯޅި ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.
މީގެ އިތުރުން މިއަދު މެންދުރުފަހު 14:00 އާއި 14:30 އާ ދެމެދު މާލެ ސިޓީ، އައިމިނާރަނި ހިނގުން، އަމީނީ މަގު، ފަޅުމަތީ މަގު، ބޮޑުތަކުރުފާނު މަގު، ބުރުޒު މަގު، ރަށްދެބައި ހިނގުން އަދި ސިއްތިމާވާ ހިނގުން ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ބުނެ އެވެ.
މިދިޔަ އޮގަސްޓް މަހުގެ މެދުތެރޭ ވެސް މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނުއިރު، އޮގަސްޓް 9، ވީ ހޮނިހިރު ދުވަހު މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ.
ސްޓެލްކޯއިން ހާމަ ކުރާގޮތުގައި ކަރަންޓުގެ ހިދުމަތަށް ބުރޫ އަރަނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކުރިޔަށް ގެންދާތީ ކަމަށެވެ.