އެކްސްޓަނަލް ސެކްޓަ ސްޓެޓިސްޓިކްސް އެންޑް ޕޮލިސީ އިންސައިޓްސް މި ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމް، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:15 އަށް، ސީބީއެސް ގެ ސެންޓްރަލް ބޭންކް އޮފް ސްރީލަންކާ، ރާޖަގިރިޔާ ގައި ކުރިޔަށް ދާނެ ކަމަށް އެ އެ ބޭންކުން ކުރި އިއުލާނުގައި ވެއެވެ.
މިމަހު 15 އަދި 16 އަށް ކުރިއަށްދާ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ، ބައިވެރިންނަށް ބޭރުގެ އިގްތިސާދީ ތަފާސްހިސާބުތައް (އީއެސްއެސް) ފުރިހަމައަށް ދެނެގަތުމަށާއި، އެ ތަފާސްހިސާބުތައް އެއްކޮށް، ތަފްސީލުކޮށް، އަދި ދުނިޔޭގެ މިހާރުގެ އިގްތިސާދީ މާހައުލުގައި ސިޔާސަތުތައް އެކުލަވާލުމުގައި އެ ތަފާސްހިސާބުތަކުގެ މުހިއްމުކަން ހާމަކޮށްދިނުމެވެ.
އީ.އެސް.އެސް އަކީ، އެއްގައުމަކުން ދުނިޔޭގެ އެހެން ގައުމުތަކާ ކުރާ މުއާމަލާތްތައް ދެނެގަތުމަށާއި، ބޭރުފަރާތްތަކުގެ ފަރާތުން އުފެދިދާނެ ނުރައްކާތައް ދެނެގަނެ، ގައުމުގެ އިގްތިސާދު ހަރުދަނާ ކުރުމަށް ސިޔާސަތުތައް އެކުލަވާލުމަށް ވަރަށް މުހިއްމު މައުލޫމާތެކެވެ. މި ތަފާސްހިސާބުތަކުގެ ތެރޭގައި ހިމެނެނީ:
މި ތަފާސްހިސާބުތަކަކީ، ގައުމެއްގެ އިގްތިސާދީ ހަމަޖެހުމާއި، ދަރަނި ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ މިންވަރާއި، ބޭރުގެ މާލީ އެހީތެރިކަމަށް ބޭނުންވާ މިންވަރު ދެނެގަތުމަށް އަސާސީ މައުލޫމާތެވެ. ހާއްސަކޮށް ސްރީލަންކާގެ މިހާރުގެ ހާލަތުގައި، އިގްތިސާދީ ކާރިސާއަށްފަހު ގައުމު އަރައިގަތުމަށާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާ ކުރިއަށްގެންދާ ގުޅުންތަކުގައި، ސިޔާސަތުތަކަށް ބޭނުންވާ މައުލޫމާތު ދިނުމުގައި މި ތަފާސްހިސާބުތަކުގެ ދައުރު ވަރަށް މުހިއްމެވެ. ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ ނިންމުންތައް ނިންމުމަށް މިފަދަ މައުލޫމާތުތަކުން ލިބޭ ފިލާވަޅުތަކަކީ ވަރަށް އަގުހުރި ފިލާވަޅުތަކެކެވެ.
ސީ.ބީ.އެސް ގެ މި ޕްރޮގްރާމްގައި ހިމެނޭ މައިގަނޑު މައުލޫތަކުގެ ތެރޭގައި:
މި ކޯސް ހާއްސަކުރެވިފައިވަނީ:
މި ސެޝަންތައް ކުރިއަށް ގެންދެވޭނީ އިނގިރޭސި ބަހުން ކުރިއަށްދާ މި ސެޝަންތަކުގައި ކިޔަވައިދިނުމާއި، މަޝްވަރާތަކާއި، އަދި ޝައުގުވެރި ޕެނަލް ޑިސްކަޝަންތައް މި ޕްރޮގްރާމްގައި ހިމެނޭނެ އެވެ. އަދި މި ކޯހުގައި ފީ އަކީ 16,000 ލަންކާ ރުޕީސް އެވެ.
މި ސެޝަންތައް ހިންގާނީ ސްރީލަންކާގެ ސެންޓްރަލް ބޭންކުގެ އިކޮނޮމިކް ރިސަޗް ޑިޕާޓްމަންޓުގެ އޮފިސަރުންނާއި ސީނިއާ މެނޭޖްމަންޓުގެ ފަރާތުންނެވެ. އެ ބޭފުޅުންގެ ތަޖުރިބާކާރު މައުލޫމާތާއި އަމަލީ ހުނަރުތަކުގެ ފައިދާ ބައިވެރިންނަށް ލިބޭނެ އެވެ.
މި ކޯހަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފަހު ތާރީހަކީ މި މަހުގެ 11 އެވެ. ކޯހާއި ގުޅޭ ސީ.ބީ.އެސް ގެ ވެބްސައިޓް cbs.cbsl.lk ލިބެން ހުންނާނެ އެވެ.