
އިއްޔެ އެ ސިޓީގެ ކައުންސިލުން ގެޒެޓްގައި ކުރި އިއުލާނުގައި ވާގޮތުން ކުޅުދުއްފުށި ސިޓީގެ ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުމަށްޓަކައި ކޮންސަލްޓެންސީގެ ހިދުމަތް ހޯދުމަށް 30 ޖުލައި 2025 ގައި ކުރި އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރާކަމަށެވެ.
އެ ސިޓީގެ ކައުސިލުން ކުރި އިއުލާނުގައިވާ ގޮތުން މިކަމާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފު ކުރަން ބޭނުން ނަމަ 16 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ 10:30 ގެ ކުރިން އެ ކައުންސިލްގެ އީމެއިލް އަށް މެއިލް ކޮށް ދޭން އެދޭކަމަށެވެ.
އެ ކައުންސިލުން ބުނާ ގޮތުގައި މިކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން 17 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ 10:30ގެ ކުރިން އެ ކައުންސިލުން ދީފައިން ލިންކުން ރަޖިސްޓްރީ ވާން އެދޭ ކަމަށެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ 10:30 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށް ކައުސިލުން ބުނެ އެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177، 6527113 ނުވަތަ 6527192 އަށް ގުޅުމަށް އެ ކައުސިލުން ބުނެ އެވެ.
މަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް އިން 03 ސެޕްޓެމްބަރ 2025 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ކައުންސިލުން ބުނެ އެވެ.
މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއްކަމަށް އެ ކައުސިލުން ބުނެ އެވެ
ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބު ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވާ ކަމަށް އެ ކައުންސިލުން ބުނެ އެވެ.
ބީލަމާގުޅޭ މައުލޫމާތު ޝީޓު އަދި ބީލަން ފޮތް ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.