ads
ރައްޔިތުންގެ މަޖިލިސް
ކުރީގެ މެންބަރުންގެ ބޭސްފަރުވާއަށް މިދިޔަ އަހަރު އެކަނިވެސް 3.6 މިލިއަން
ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރުންގެ ބޭސްފަރުވާއަށް މިދިޔަ 10 ވަރަކަށް އަހަރު 18.9 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފިއެވެ.
Advertisement

މި މައުލޫމާތު މަޖިލިހުން އާއްމުކުރީ މައުލޫމާތު ހޯދާ ލިބުގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ މީހަކު ކުރި ސުވާލަކަަށް ދިން ޖަވާބުގައެވެ. 

ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި ދެނީ މަހަު 24،000 ރުފިޔާއެވެ. 

މަޖިލީހުން ދިން މައުލޫމާތުގައިވާ ގޮތުން މަޖިލީހުގެ ކުރީގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް 2014 ވަނަ އަހަރުން ފެށިގެން މިދިޔަ މޭމަގުގެ 28 ގެ ނިޔަލަށް ވަނީ 18.9 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މި ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ މޭމަހުން ފެށިގެން މިއަހަރުގެ މޭމަހުގެ ނިޔަލަށް ކުރީގެ މެމްބަރުންގެ ބޭސްފަރުވާއަށް 3،624،000 ވަނީ ހަރަދުކޮށްފައެވެ.

ކުރީގެ މެމްބަރުންގެ ބޭސްފަރުވާއަށް ދައުލަތުން ހަރަދުކުރި ވަރު އަަހަރުތައް ވަކިން 

  • 2014: 562،500ރ

  • 2015: 562،500ރ

  • 2016: 565،000ރ

  • 2017: 1،056،000ރ

  • 2018: 1،056،000ރ

  • 2019: 2،328،000ރ

  • 2020: 2،328،000ރ

  • 2021: 2،280،000ރ

  • 2022: 2،280،000ރ

  • 2023 - މެއި 2024: 2،280،000ރ

  • މެއި 2024 - މެއި 2025: 3،624،000ރ

އަހަރަކަށް ފަހު އަހަރެއް މެމްބަރުންގެ ބޭސްފަރުވާއަށް ކުރަންކެހޭ ހަރަދުވެސް އިތުރުވަމުން އަންނަނީ މަޖީލީހުގެ މެމްބަރުން އަދަދުވެސް އިތުރުވަމުން އަންނާތީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް