ads
ޑިސްޓްރެސް ތަރމޯމީޓަރު ތައާރަފު ކުރުމުގެ ތެރެއިން
އައިޖީއެމްއެޗް އިން ޑިސްޓްރެސް ތާމޯމީޓަރު ބޭނުން ކުރަން ފަށައިފި
އައިޖީއެމްއެޗް އިން ޑިސްޓްރެސް ތާމޯމީޓަރު ބޭނުން ކުރަން ފަށައިފި އެވެ.
Advertisement

އެ ހޮސްޕިޓަލް އިން ބުނި ގޮތުގައި މި ޑިސްޓްރެސް ތަރމޯމީޓަރު ބޭނުން ކުރަން ފަށާފައިވަނީ ކެންސަރު ބަލި ތަޙައްމަލުކުރާ ފަރާތްތަކަށް މެޑިކަލް ފަރުވާއާއި އެކު  ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމުގަ އެވެ.

އެ ހޮސްޕިޓަލް އިން ބުނިގޮތުގައި މި ތާމޯމީޓަރު ބޭނުން ކުރަން ފަށާފައިވަނީ އެ ހޮސްޕިޓަލުގެ ނެޝަނަލް ކެންސާ ސެންޓަރު އަދި ނެޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތްގެ އިސްނެގުމުގެ ދަށުން ކަމުގަ އެވެ.

މި ތަާމޯމީޓަރުގެ އެހީގައި، ބަލިމީހުންނާއި ބަލިމީހުނެގް ބެލެނިވެރިންނަށް ނަފްސާނީ ގޮތުން ބޭނުންވާ އެހީތެރިކަމުގެ މިންވަރު ފަސޭހަ ކަމާއެކު ދެނެގަނެ، އެ އެހީތެރިކަން ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލް އިން ވަނީ ފާހަގަ ކޮށްފައި އެވެ. 

މި ސަރުކާރުން ދަނީ ކެންސަރު ބައްޔާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ހާއްސަ ބައެއް ކަންކަން ފަށަން ނިންމާފައި އެވެ. 

އެ ގޮތުން ކެންސަރު ބައްޔަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ވަނީ ނިންމާފައި އެވެ. 

ކެންސަރު ހޮސްޕިޓަލް އެޅުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ނިމިފައިވާ ކަމަށާއި އަވަސް މުސްތަގުބަލެއްގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ކުރިން ވިދާޅެފައި އެވެ. 

މީގެ އިތުރުން ކެންސަރު ބަލި ޖެހުމުގެ ކުރިން އެކަމުން ރައްކާވެ ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ދުންފަތުގެ އިސްތިއުމާލުކުރުންފަދަ އެބައްޔަށް ހުށައެޅޭ ނޭދެވޭ އާދަތަކުން މުޖުތަމައު ދުރުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް ވެސް އަޅާފައިވާ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމުން މުޖުތަމައު ދުރުކުރުމަށް، ޖެނެރޭޝަން ބޭނެއް ތައާރަފުކޮށް، އީ-ސިނގިރޭޓު ރާއްޖެ އެތެރެކުރުން މަނާކޮށް، ސިނގިރޭޓުން ނަގައި އިމްޕޯޓް ޑިއުޓީ ބޮޑުކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް