ads
ރައްޔިތުން މަޖިލީހުގައި އަލަށް އުފެއްދި "ގެދޮރުވެރިކަމާ ބެހޭ ކޮމެޓީ" ގެ މުގައްރިރު އިބްރާހިމް ފަލާހް
ފަލާހް ވިދާޅުވީ ތެދު ހަބަރު ގެނެސްދެނީ 4 ނޫހަކުންކަމަށް، ނަމެއް ނުބުނި
ތެދު ހަބަރާ މަޢުލޫމާތު ހަގީގަތާއި އެއްގޮތަށް ގެނެސްދެނީ އެންމެ ހަތަރު ނޫހަކުން ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
Advertisement
ފަލާހް މި މޭރުމުން ވާހަކަ ދައްކަވާ ނޫސްވެރިން ހޯދަނީ ހަލާލު ނޫސް ފައިސާކަމަށް ތުހުމަތުކޮށްފައި މިވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރުން މާލީ ބަޔާންތަކާއި ގުޅުވާ ހަބަރުތައް ގެނެސްދިނުމުންނެވެ. 

އެކްސްގައި މިއަދު ފަލާހް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމުގެ އަމަންއަމާންކަމާ ސުލްހައަށް ލޯބިކޮށް  ތެދު ހަބަރާ މައުލޫމާތު ހަގީގަތާއި އެއްގޮތަށްޗގެނެސްދޭ ރައްޔިތުންގެ އިތުބާރުޗލިބިފައިވަނީ 4 ނޫހަކަށްކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ނޫސްތަކެއްކަމެއް ފަލާހަށް ވިދާޅުވާކަށް ނުކުރުނެވެ. 

ފަލާހް ވިދާޅުވީ ނޫސްވެރިން ފަތުރު ހަބަރުތަކުން އާއިލާތައް ރޫޅި އެތައް ބައެއްގެ ވަޒީފާ ގެއްލެމުންދާކަމަށެވެ. އަދި ނޫސްވެރިންނަށް މީޑިއާ ބިލް ކަމުނުދަނީ ފައިސާކޮޅެއް ދޭ މީހާ ބުނާގޮތަށް ދޮގު ހަބަރު ނުލިޔެވޭނެތީކަމަށްވެސް ފަލާހް ވަނީ ތުހުމަތު ކުރައްވާފައެވެ.

" އެއްވެސް ބަލާލުމެއްނެތި ކަމެއްޗސާފުނުކޮށް ބުހުތާން ދޮގު ހަބަރު ފެތުރުމަކީ ކިހާނުބައިވެގެންވާކަމެއް! މިކަމުގެ ސަބަބުން ހެޔޮނުބައި އޮޅި ކުށެއްނެތް އާއިލާތައް ރޫޅި ކުށެއްނެތް އެތައްބައެއްގެ ވަޒީފާގެއްލި ކިހާދެރަ ކަންތަށްތައްތޯ ހިނގަމުންދަނީ! ފައިސާކޮޅެއްދޭ އިރަށް ފައިސާ ދޭ މީހާ ބުނާހާ ގޮތަކަށް ދޮގު ހަބަރު ނުލިއެވިދާނެތީތޯ މީޑިއާބިލް ކަމުނުދަނީ! މިގޮތަށް ހޯދާފައިސާ މީ ހަލާލު ފައިސާތޯ? މީޑިއާތަކާއި މީޑިއާތަކުގެ ވެރިން މާލީ ބަޔާން ހުށަހަޅަންޖެހޭގޮތަށް މީޑިއާބިލްގައި ހިމެނުން ކިހިނެއްތޯ؟" ފަލާހް އެކްސްގައި ލިޔުއްވާފައިވެއެވެ.

ފަލާހް މިހެން ވިދާޅުވެފައި މިވަނީ މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްާއި މެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް އެކަމާއި ގުޅިގެން ރައީސް މުއިއްޒަށް ޕެޓިޝަނެއް އިއްޔެ ހުށައަޅާފައިވަނިކޮށެވެ. އެ ޕެޓިޝަންގައި ރާއްޖޭގެ 41 މީޑިއާ އަކުން 151 ނޫސްވެރިން ވަނީ ސޮއިކޮށްފައެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް